ކައުންސިލްގެ ނިންމުން
ނަންބަރު: 2020/43
- ހުށަހެޅުން: އެއްގަމު ދަތުރުފަތުރަށް ގެނެވުނު 4ވަނަ އިޞްލާޙާ ގުޅިގެން ޓްރާންސްޕޯޓް އޮތޯރިޓީން ބައެއް ޚިދުމަތްތަކުގެ އަގުތަކަށް ބަދަލު ގެނެސްފައިވާތީ، ގެނެވުނު ބަދަލުތަކާ ގުޅިގެން ޚިދުމަތުގެ ފީތަކަށް ބަދަލުގެންނަންޖެހޭނަމަ އެ ބަދަލެއް ގެނައުމާ ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
- ހުށަހެޅުން ފޮނުވި ފަރާތް: ބަޖެޓް އެންޑް ފައިނޭންސް/ ށ.އަތޮޅުކައުންސިލް
- ނިމުނުގޮތް:
– ހުށަހެޅި: ކައުންސިލަރ ސަޢުދުﷲ ޢުޘްމާން – ތާޢީދުކުރެއްވި: ކައުންސިލަރ އަޙްމަދު ފާއިޒު
އެއްގަމު ދަތުރުފަތުރަށް ގެނެވުނު 4ވަނަ އިޞްލާޙާ ގުޅިގެން ޓްރާންސްޕޯޓް އޮތޯރިޓީން ބައެއް ޚިދުމަތްތަކުގެ އަގުތަކަށް ބަދަލުގެންނެވި ނަމަވެސް މި ކައުންސިލް މެދުވެރިކޮށް ދެމުންގެންދާ ޚިދުމަތްތައް ދިނުމަށް ކަނޑައަޅާފައިވާ ފީއަށް އެއްވެސް ބަދަލެއް ނުގެނައުމަށާއި، ޓްރާންސްޕޯޓް އޮތޯރިޓީން ފީއަށް ގެންނަވާފައިވާ ބަދަލުތަކާއެކު ފީ ނަގަމުންގެންދިއުމަށް ފެނެއެވެ.
މިގޮތަށް ނިންމާފައިވަނީ 2020 ޑިސެންބަރު 23 ވަނަ ދުވަހުގެ 10:00ގައި ށ. އަތޮޅުކައުންސިލްގެ މީޓިންގ ރޫމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 178ވަނަ ޢާއްމު ޖަލްސާއިންނެވެ.
23 ޑިސެންބަރު 2020