ކައުންސިލްގެ ނިންމުން
ނަންބަރު: 227-2020/42
- ހުށަހެޅުން: ށ.އަތޮޅުކައުންސިލްގެ ރިސެޕްޝަން އޭރިޔާ މަރާމާތުކުރުމަށާއި، އަހަރީ ހިސާބުތައް ނިންމުމަށާއި، ބަޖެޓް ތައްޔާރުކުރުމަށް އެކަށީގެންވާ ވަގުތު ބޭނުންވާނެތީ، ޓްރާންސްޕޯޓް އޮތޯރިޓީ އާއި، މި ކައުންސިލް ގުޅިގެން ދެމުންގެންދާ އެއްގަމާއި، ކަނޑުގެ ލައިސަންސް އަލަށް ދޫކުރުމުގެ ޚިދުމަތް ވަގުތީގޮތުން ހުއްޓާލުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
- ހުށަހެޅުން ފޮނުވި ފަރާތް: ބަޖެޓް އެންޑް ފައިނޭންސް/ ށ.އަތޮޅުކައުންސިލް
- ނިމުނުގޮތް:
– ހުށަހެޅި: ކައުންސިލަރ ސަޢުދުﷲ ޢުޘްމާން – ތާޢީދުކުރެއްވި: ނާއިބުރައީސް ޢަބްދުﷲ ނާހިދު
ޓްރާންސްޕޯޓް އޮތޯރިޓީ އާއި، މި ކައުންސިލް ގުޅިގެން ދެމުންގެންދާ އެއްގަމާއި، ކަނޑުގެ ލައިސަންސް އަލަށް ދޫކުރުމުގެ ޚިދުމަތް ވަގުތީގޮތުން ހުއްޓާލުމުގެ މައްސަލާގައި ރިސެޕްޝަން އޭރިޔާގެ މަރާމާތުކުރުމުގެ މަސައްކަތުގެ ބިޑްތައް އިވެލުއޭޓްކޮށް، ބިޑްތަކުގައިހުރި ޢަދަދުތަކާއި، މިހާރު ދެމުންގެންދާ ޚިދުމަތްތައް އެއްކޮށް ހުއްޓާނުލައި ކުރެވެންހުރި އިންތިޒާމުތަކާ ބެހޭގޮތުން އާދިއްތަ ދުވަހު އެސް.އެމް.ޓީ މީޓިންގައި މަޝްވަރާކުރުމަށްފަހު ގޮތެއް ނިންމުމަށް ފެނެއެވެ.
މިގޮތަށް ނިންމާފައިވަނީ 2020 ޑިސެންބަރު 9 ވަނަ ދުވަހުގެ 10:00ގައި ށ. އަތޮޅުކައުންސިލްގެ މީޓިންގ ރޫމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 176ވަނަ ޢާއްމު ޖަލްސާއިންނެވެ.
09 ޑިސެންބަރު 2020