ކައުންސިލްގެ ނިންމުން
ނަންބަރު: 2020/40
- ހުށަހެޅުން: ފުނަފަތި ފާމަސީގެ ކޭޝިއަރ އާޠިޔާ ޔޫސުފްގެ ކޮންޓެކްޓް މުއްދަތު 24 ޑިސެންބަރު 2020 ގައި ހަމަވާތީ، އެ މަޤާމަށް މީހަކު ނެގުމާމެދު ގޮތެއް ނިންމުން.
- ހުށަހެޅުން ފޮނުވި ފަރާތް: ހިއުމަންރިސޯސް/ށ.އަތޮޅުކައުންސިލް
- ނިމުނުގޮތް:
– ހުށަހެޅި: ކައުންސިލަރ އަޙްމަދު ފާއިޒު – ތާޢީދުކުރެއްވި: ނާއިބުރައީސް ޢަބްދުﷲ ނާހިދު
ފުނަފަތި ފާމަސީގެ ކޭޝިއަރު ކަމުގެ މަޤާމަށް އަލުން އިޢުލާނުކޮށް 1 އަހަރު ދުވަހުގެ މުއްދަތަށް ކޮންޓެކްޓް އުޞޫލުން މުވައްޒަފަކު ނެގުމަށް ފެނެއެވެ.
މިގޮތަށް ނިންމާފައިވަނީ 2020 ޑިސެންބަރު 2 ވަނަ ދުވަހުގެ 10:00ގައި ށ. އަތޮޅުކައުންސިލްގެ މީޓިންގ ރޫމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 175ވަނަ ޢާއްމު ޖަލްސާއިންނެވެ.
02 ޑިސެންބަރު 2020