އަތޮޅުވެހި ޢިމާރާތަށް ބޭނުންވާ ފަރުނީޗަރ ހޯދުމާބެހޭ – 39/2020


ކައުންސިލްގެ ނިންމުން

ނަންބަރު: 2020/38

  • ހުށަހެޅުން: އަތޮޅުވެހި ޢިމާރާތަށް ބޭނުންވާ ފަރުނީޗަރހޯދުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
  • ހުށަހެޅުން ފޮނުވި ފަރާތް: އިންފްރާންސްޓްރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް/ށ.އަތޮޅުކައުންސިލް
  • ނިމުނުގޮތް:

– ހުށަހެޅި: ނާއިބުރައީސް ޢަބްދުﷲ ނާހިދު       – ތާޢީދުކުރެއްވި: ކައުންސިލަރ ސަޢުދުﷲ ޢުޘްމާން

އަތޮޅުވެހި އިމާރާތަށް ބޭނުންވާ ފަރުނީޗަރު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)227-ID/227/2020/10 (2 ސެޕްޓެމްބަރ 2020) އިޢުލާނާއި ގުޅިގެން ބީލަން ހުށައަޅުއްވާފައިވަނީ އެއްމެފަރާތަކުން ކަމަށް ވުމާއި، އަދި އެފަރާތުން ހުށައެޅުއްވި އަގު ކައުންސިލުން މިޕްރޮޖެކްޓަށް ފާސްކޮށްދެއްވާފައިވާ ބަޖެޓައްވުރެ ބޮޑުވުމާއި ގުޅިގެން އެއިޢުލާން އަދި އިޢުލާނާއި ގުޅިގެން ހުށައެޅުނު ބީލަން ބާޠިލުކޮށް، އަލުން އެމަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރެވުނު (IUL)227-ID/227/2020/13 (22 ސެޕްޓެމްބަރ 2020) އިޢުލާނާއި ގުޅިގެން ބީލަން ދެފަރާތަކުން ހުށައަޅުއްވާފައި ވީނަމަވެސް އެދެފަރާތުންވެސް ސަޕްލައިކުރުމަށް ހުށައަޅުއްވާފައިވަނީ އިޢުލާނާއި ގުޅިގެން ހޯދުމަށް މަޢުލޫމާތު ދެވުނު ސްޕެސިފިކޭޝަންގެ ތަކެތި ކަމަށް ނުވުމުން، ދަޢުލަތުގެ މާލިއްޔަތު ޤަވާއިދުގެ 10.31 (ނ) ގައިވާ ގޮތުގެ މަތިން އެކަމަށް ޝަރުތު ހަމަވާ ޤާބިލު ފަރާތަކާއި ނުވަތަ ފަރާތްތަކަކާއި ވާހަކަ ދައްކައިގެން އެކަށީގެންވާ އަގެއްގައި އެމަސައްކަތް ޙަވާލުކުރުމަށް ފެންނަކަމަށް 15 އޮކްޓޯބަރ 2020ގައި ބޭއްވުނު ކައުންސިލްގެ 167 ވަނަ ޢާއްމު ޖަލްސާގައި ނިންމުނެވެ. ކައުންސިލުގެ ނިންމުމާއި ގުޅިގެން 2020 އޮކްޓޯބަރ 28ވަނަ ދުވަހު 11 (އެގާރަ) ފަރާތަކަށް އަގު ހުށައެޅުމަށް ދަޢުވަތު ދެވުނުވެ. މިގޮތުން ދެވުނު ދަޢުވަތާއި ގުޅިގެން އަގު ހުށައަޅުއްވާފައިވަނީ ހަމައެކަނި “ފަންސަ ޝޮޕް”އިން ކަމަށްވުމާއި، އެފަރާތުން މާލީ އަދި ފަންނީ ޤާބިލުކަން ސާބިތުކުރުމަށް ލިޔުން ހުށައަޅުއްވާފައި ނުވާތީއާއި، އަދި ހުށަޅުއްވާފައިވާ މުއްދަތު ދިގުކަމަށް ފެންނާތީ، ފަރުނީޗަރު ވިއްކާ ފަރާތްތަކުން އަގު ހޯދައި، މާލިއްޔަތު ޤަވާއިދާއި އެއްގޮތަށް އެމަސައްކަތްކުރިއަށް ގެންދިއުމަށް ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2020 ނޮވެންބަރު 24 ވަނަ ދުވަހުގެ 10:00ގައި  ށ. އަތޮޅުކައުންސިލްގެ މީޓިންގ ރޫމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 174ވަނަ ޢާއްމު ޖަލްސާއިންނެވެ.

24 ނޮވެންބަރު 2020