ފުނަދޫ ކައުންސިލް ކަޕް 2020ގައި އަތޮޅުކައުންސިލްގެ ޓީމުތައް ބައިވެރިކުރުން- 38/2020


ކައުންސިލްގެ ނިންމުން

ނަންބަރު: 2020/38

  • ހުށަހެޅުން: ފުނަދޫ ކައުންސިލް ކަޕް 2020 މުބާރާތުގައި އަތޮޅުކައުންސިލް ތަމްސީލުކުރާ ޓީމުތަކަށް މާލީއެހީ ދިނުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
  • ހުށަހެޅުން ފޮނުވި ފަރާތް: ބަޖެޓް އެންޑް ފައިނޭންސް/ށ.އަތޮޅުކައުންސިލް
  • ނިމުނުގޮތް:

– ހުށަހެޅި: ކައުންސިލަރ އަޙްމަދު ފާއިޒު      – ތާޢީދުކުރެއްވި: ކައުންސިލަރ ސަޢުދުﷲ ޢުޘްމާން

ފުނަދޫ ކައުންސިލްކަޕް 2020 (އޮފީސްތަކުގެ 8ވަނަ ފުޓްޝަލް މުބާރާތް 2020) ގައި އަތޮޅުކައުންސިލް ތަމްސީލުކުރާ ދެ ޓީމަށް ހިނގާނެ ކަމަށް ލަފާކުރާ ޚަރަދު ތަފްޞީލަށް އެހެނިހެން ޚަރަދުގެ ގޮތުގައި 5,000.00 ރުފިޔާ އިތުރުކޮށް ޖުމުލަ 25,000.00 ރުފިޔާ “ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވުމަށް ހިނގާ ޚަރަދު”ގެ ގޮތުގައި ބަޖެޓްކުރެވިފައިވާ ފައިސާގެ ތެރެއިން ނަގައި ދޫކުރުމަށް ފެނެއެވެ. 

މިގޮތަށް ނިންމާފައިވަނީ 2020 ނޮވެންބަރު 10 ވަނަ ދުވަހުގެ 11:00ގައި  ށ. އަތޮޅުކައުންސިލްގެ މީޓިންގ ރޫމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 171ވަނަ ޢާއްމު ޖަލްސާއިންނެވެ.

10 ނޮވެންބަރު 2020