ފުނަދޫ ކައުންސިލް ކަޕް 2020 މުބާރާތުގައި ށ.އަތޮޅުކައުންސިލް ގެ ޓީމުތައް ބައިވެރިކުރުން – 37/2020


ކައުންސިލްގެ ނިންމުން

ނަންބަރު: 2020/37

  • ހުށަހެޅުން: އޮފީސްތަކުގެ މުވައްޒަފުންގެ ގުޅުން ހަރުދަނާކުރުމާއި، އެކުވެރިކަން އާލާކުރުމުގެ މަޤްޞަދުގައި ފުނަދޫ ކައުންސިލުން ބޭއްވުމަށް ހަމަޖެހިފައިވާ ފުނަދޫ ކައުންސިލްކަޕް 2020 މުބާރާތުގައި އަތޮޅުކައުންސިލްގެ ޓީމުތައް ބައިވެރިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
  • ހުށަހެޅުން ފޮނުވި ފަރާތް: ބަޖެޓް އެންޑް ފައިނޭންސް/ށ.އަތޮޅުކައުންސިލް
  • ނިމުނުގޮތް:

– ހުށަހެޅި: ކައުންސިލަރ އަޙްމަދު ފާއިޒު      – ތާޢީދުކުރެއްވި: ކައުންސިލަރ ސަޢުދުﷲ ޢުޘްމާން

ފުނަދޫ ކައުންސިލްކަޕް 2020 (އޮފީސްތަކުގެ 8ވަނަ ފުޓްޝަލް މުބާރާތް 2020) ގައި  އަތޮޅުކައުންސިލް ތަމްސީލުކުރުމަށް އަންހެން ޓީމަކާއި، ފިރިހެން ޓީމެއް މުބާރާތުގައި ބައިވެރިކުރުމަށް ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2020 ނޮވެންބަރު 04 ވަނަ ދުވަހުގެ 10:00ގައި  ށ. އަތޮޅުކައުންސިލްގެ މީޓިންގ ރޫމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 170ވަނަ ޢާއްމު ޖަލްސާއިންނެވެ.

4 ނޮވެންބަރު 2020