ށ.އަތޮޅުކައުންސިލްގެ 2021ވަނަ އަހަރުަގެ ބަޖެޓް ޕްރޮގްރާމުތައް ކަނޑައެޅުން -35/2020


ކައުންސިލްގެ ނިންމުން

ނަންބަރު: 2020/35

  • ހުށަހެޅުން: ށ.އަތޮޅުކައުންސިލްގެ 2021ވަނަ އަހަރުގެ ބަޖެޓް ޕްރޮގްރާމުތަކާ ގުޅޭގޮތުން މަޝްވަރާކުރުން.
  • ހުށަހެޅުން ފޮނުވި ފަރާތް: ބަޖެޓް އެންޑް ފައިނޭންސް/ށ.އަތޮޅުކައުންސިލް
  • ނިމުނުގޮތް:

– ހުށަހެޅި: ކައުންސިލަރ ސަޢުދުﷲ ޢުޘްމާން       – ތާޢީދުކުރެއްވި: ކައުންސިލަރ އަޙްމަދު ފާއިޒު

2021ވަނަ އަހަރު ދައުލަތާއި، މި ކައުންސިލްގެ ޓްރަސްޓްފަންޑަށް އެކަށީގެންވާ ރަނގަޅު އާމްދަނީއެއް ލިބޭނެކަމަށް ލަފާނުކުރެވޭތީ، އޮގަސްޓު 2020ގައި އެކުލަވާލާފައިވާ މިކައުންސިލުގެ 2021ވަނަ އަހަރުގެ ބަޖެޓް، މި އަހަރުގެ މޮނިޓަރިންގ ދަތުރުގައި ރަށުކައުންސިލްތަކާއި، ރަށްރަށުގެ މުއައްސަސާތަކާއި، މަދަނީ ޖަމްޢިއްޔާތަކާއެކު ޚިޔާލު ހޯދުމުގެ ބައްދަލުވުންތައް ބާއްވައި އާމްދަނީ އާއި، ދައުލަތުން ދެއްވާ ސީލިންގަށް ރިޢާޔަތްކޮށް ބަދަލުގެނެސް ބަޖެޓް ފައިނަލްކުރަން ފެންނާތީ، އެގޮތުގެމަތީން ކުރިޔަށްގެންދިއުމަށް ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2020 އޮކްޓޫބަރު 27 ވަނަ ދުވަހުގެ 10:00ގައި  ށ. އަތޮޅުކައުންސިލްގެ މީޓިންގ ރޫމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 169ވަނަ ޢާއްމު ޖަލްސާއިންނެވެ.

27 އޮކްޓޫބަރު 2020