ކައުންސިލްގެ ނިންމުން
ނަންބަރު: 2020/34
- ހުށަހެޅުން: މާލީ ޒިންމާދާރުވެރިޔާ ކަނޑައެޅުމަށް ނަން ފޮނުވިފައި ވީނަމަވެސް މިނިސްޓަރ އެ މަސްޢޫލިއްޔަތު އަދާކުރުމަށް ވަކިފަރާތެއް ކަނޑައަޅުއްވާފައިނުވާތީ، 2,000.00 (ދެހާސް) ރުފިޔާއަށްވުރެ މަތީ ޚަރަދުތައް ކުރުމަށް ހުއްދަދޭނެ ފަރާތެއް ކައުންސިލުން ކަނޑައެޅުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
- ހުށަހެޅުން ފޮނުވި ފަރާތް: ބަޖެޓް އެންޑް ފައިނޭންސް/ށ.އަތޮޅުކައުންސިލް
- ނިމުނުގޮތް:
– ހުށަހެޅި: ކައުންސިލަރ އަޙްމަދު ފާއިޒު – ތާޢީދުކުރެއްވި: ކައުންސިލަރ ސަޢުދުﷲ ޢުޘްމާން
މާލީ ޒިންމާދާރުވެރިޔާ ކަނޑައެޅުމަށް ނަން ފޮނުވިފައި ވީނަމަވެސް ފިނޭންސް މިނިސްޓަރ، އެ މަސްޢޫލިއްޔަތު އަދާކުރުމަށް ވަކިފަރާތެއް ކަނޑައަޅުއްވާފައިނުވުމުގެ ސަބަބުން އޮފީހުގެ ޕްރޮކިއުމެންޓް މަސައްކަތްތައް ކުރިޔަށްގެންދިއުމަށް ދަތިވާތީ، މި ކައުންސިލުން މާލީ ޒިންމާދާރުވެރިޔާގެ ގޮތުގައި އައްޔަންކުރުމަށް ލަފާދީފައިވާ ފަރާތަށް މާލިއްޔަތު ޤަވާޢިދު ތަންދޭ ގޮތުގެމަތީން ވަގުތީގޮތުން އެ މަސްޢޫލިއްޔަތު ޙަވާލުކުރުމަށް ފެނެއެވެ.
މިގޮތަށް ނިންމާފައިވަނީ 2020 އޮކްޓޫބަރު 15 ވަނަ ދުވަހުގެ 10:00ގައި ށ. އަތޮޅުކައުންސިލްގެ މީޓިންގ ރޫމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 167ވަނަ ޢާއްމު ޖަލްސާއިންނެވެ.
15 އޮކްޓޫބަރު 2020