އަތޮޅުވެހި ޢިމާރާތަށް ބޭނުންވާ ފަރުނީޗަރ ހޯދުމާބެހޭ 33/2020


ކައުންސިލްގެ ނިންމުން

ނަންބަރު: 2020/33

  • ހުށަހެޅުން: އަތޮޅުވެހި ޢިމާރާތަށް ބޭނުންވާ ފަރުނީޗަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އެންމެފަހުން ކުރެވުނު ނަންބަރު (IUL)227-ID/227/2020/13 (22 ސެޕްޓެންބަރު 2020)  އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ފަރާތްތަކުގެ ބީލަންތައް ވަޒަންކޮށް ބިޑް އިވެލުއޭޝަން ކޮމިޓީން ދީފައިވާ ލަފަޔާމެދު މަޝްވަރާކޮށް ގޮތެއް ނިންމުން.
  • ހުށަހެޅުން ފޮނުވި ފަރާތް: އިންފްރާންސްޓްރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް/ށ.އަތޮޅުކައުންސިލް
  • ނިމުނުގޮތް:

– ހުށަހެޅި: ކައުންސިލަރ އަޙްމަދު ފާއިޒު       – ތާޢީދުކުރެއްވި: ކައުންސިލަރ ސަޢުދުﷲ ޢުޘްމާން

އަތޮޅުވެހި ޢިމާރާތަށް ބޭނުންވަ ފަރުނީޗަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ދެ ފަހަރެއްގެމަތީން އިޢުލާނުކުރުމުން ވެސް ހުށަހަޅާފައިވާ ބީލަންތަކުގެ ޝަރުޠު ފުރިހަމަ ނުވާތީ، މި މަސައްކަތް މާލީއްޔަތު ޤަވާޢިދުގެ 10.31 ގެ (ނ)ގައިވާ ގޮތުގެމަތީން ކުރިޔަށް ގެންދިއުމަށް ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2020 އޮކްޓޫބަރު 15 ވަނަ ދުވަހުގެ 10:00ގައި  ށ. އަތޮޅުކައުންސިލްގެ މީޓިންގ ރޫމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 167ވަނަ ޢާއްމު ޖަލްސާއިންނެވެ.

15 އޮކްޓޫބަރު 2020