1442ވަނަ އަހަރުގެ ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު 6:00ގައި ޤައުމީ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
ށ.އަތޮޅުކައުންސިލް އިދާރާގެ ގޯތިތެރޭގައި ބޭއްވުނު މިރަސްމިއްޔާތުގައި ދިދަ ނަންގަވައިދެއްވީ ށ.އަތޮޅުކައުންސިލްގެ ނާއިބުރައީސް އަލްފާޟިލް ޢަބްދުﷲ ނާހިދެވެ. ކީރިތި ޤުރުއާންގެ ބަރަކާތުން ރަސްމިއްޔާތު ފައްޓަވައިދެއްވީ ފުނަދޫ ސްކޫލުގެ ޤުރުއާން މުދައްރިސް އަލްޤާރީ އިބްރާހީމް މުޙައްމަދެވެ. މި ރަސްމިއްޔާތު ނިމިގެންދިޔައީ ޤައުމީ ސަލާމުންނެވެ.
ޤައުމީ ކަންކަމާމެދު ވިސްނައި ތިމާ ޤައުމަށްޓަކައި ކޮށްދެވިދާނެ ކަންކަމާމެދު ނަޒަރުހިންގައި ޤައުމީ ލޯތްބާއި، ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ މަޤްޞަދުގައި ބޭއްވުނު މިރަސްމިއްޔާތުގައި ށ.އަތޮޅުކައުންސިލްގެ ނާއިބުރައީސް ޢަބްދުﷲ ނާހިދުގެ އިތުރުން، ފުނަދޫ ސްކޫލާއި، ފުނަދޫ ޗިލްޑްރަންސް ސަރވިސް ސެންޓަރގެ އިސްވެރިންނާއި، މުއައްސަސާތަކުގެ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.
މި ރަސްމިއްޔާތު ބޭއްވިފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ކަނޑައަޅުއްވާފައިވާ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެމަތީން މާސްކް އެޅުމާއި، ގައިދުރުކަން ބެހެއްޓިގެންނެވެ.