ށ.އަތޮޅުކައުންސިލްގެ ތިންަވަނަ ދައުރުގެ 167ވަނަ ޢާއްމު ޖަލްސާގެ ދަޢުވަތު


ތަން: ޖަލްސާކުރާ މާލަން / މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ
ތާރީޚާއި ގަޑި: ‏15 އޮކްޓޫބަރު 2020 ، ބުރާސްފަތި ހެނދުނު 10:00

އެޖެންޑާ
1. ސަރުކާރުގެ ފަރާތުން ހުށައަޅާ ކަންކަން
2. ލޯކަލްގަވަރުމަންޓް އޮތޯރިޓީގެ ފަރާތުން ހުށައަޅާ ކަންކަން
3. ކައުންސިލްގެ އިދާރާއިން ހުށައަޅާ ކަންކަން
3.1 އަތޮޅުވެހި ޢިމާރާތަށް ބޭނުންވާ ފަރުނީޗަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އެންމެފަހުން ކުރެވުނު ނަންބަރު (IUL)227-ID/227/2020/13 (22 ސެޕްޓެންބަރު 2020) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ފަރާތްތަކުގެ ބީލަންތައް ވަޒަންކޮށް ބިޑް އިވެލުއޭޝަން ކޮމިޓީން ދީފައިވާ ލަފަޔާމެދު މަޝްވަރާކޮށް ގޮތެއް ނިންމުން.

3.2 މާލީ ޒިންމާދާރުވެރިޔާ ކަނޑައެޅުމަށް ނަން ފޮނުވިފައި ވީނަމަވެސް މިނިސްޓަރ އެ މަސްޢޫލިއްޔަތު އަދާކުރުމަށް ވަކިފަރާތެއް ކަނޑައަޅުއްވާފައިނުވާތީ، 2,000.00 (ދެހާސް) ރުފިޔާއަށްވުރެ މަތީ ޚަރަދުތައް ކުރުމަށް ހުއްދަދޭނެ ފަރާތެއް ކައުންސިލުން ކަނޑައެޅުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
4. ކައުންސިލަރުން ހުށައަޅުއްވާ ކަންކަން
5. އިދާރީ މައްސަލަތައް
5.1 މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ ތިންވަނަ ދައުރުގެ 165، 166ވަނަ ޢާއްމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

6. ވޯޓަށް އަހާ ކަންކަމަށް ވޯޓަށް އެހުން
ވޯޓަށް އަހަންޖެހޭ ހިސާބަށް ގެންދެވޭ މައްސަލަތައް ވޯޓަށް އެހުން ކުރިޔަށްގެންދާނީއެވެ.
‏13 އޮކްޓޫބަރު 2020