ކޯވިޑް-19 އާ ގުޅިގެން އެމް.އެން.ޑީ.އެފް އާއި، ހެލްތުމިނިސްޓްރީގެ ދަތުރުތައް އަތޮޅުކައުންސިލްގެ ލާންޗުތަކުގައި ކުރުމާގުޅޭ- 31/2020


ކައުންސިލްގެ ނިންމުން

ނަންބަރު: 2020/31

  • ހުށަހެޅުން: ކޯވިޑް 19 ގެ ކޭސްތަކާ ގުޅިގެން ހެލްތު މިނިސްޓްރީ އާއި، އެމް.އެން.ޑީ.އެފްގެ ފަރާތުން ކުރަންޖެހޭ ދަތުރުތައް ކުރުމަށް ކައުންސިލް އިދާރާގެ ލާންޗު ދޫކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން
  • ހުށަހެޅުން ފޮނުވި ފަރާތް: އިންފްރާންސްޓްރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް/ށ.އަތޮޅުކައުންސިލް
  • ނިމުނުގޮތް:

– ހުށަހެޅި: ކައުންސިލަރ ސަޢުދުﷲ ޢުޘްމާން       – ތާޢީދުކުރެއްވި: ކައުންސިލަރ އަޙްމަދު ފާއިޒު

ކޯވިޑް-19 ގެ ކޭސްތަކާ ގުޅިގެން ހެލްތު މިނިސްޓްރީ އާއި، އެމް.އެން.ޑީ. އެފްގެ ފަރާތުން ކުރަންޖެހޭ ދަތުރުތައް ކުރުމަށް، މިހާރު ޢަމަލުކުރަމުންދާ ދުވެލި ޕްރޮގްރާމު ހިންގުމުގެ އުޞޫލުގެ ތެރެއިން ދެވެންއޮތް އެންމެ ކުޑަ އަގެއްގައި ލާންޗުތައް ދޫކުރުމަށާއި، އަދި އިތުރަށް ފަސޭހަކުރުމުގެ ގޮތުން އެއިން ފަރާތަކުން އެދޭނަމަ މިކައުންސިލާ ދެމެދު އިތުރު އެއްބަސްވުމެއް ދަށުން ކުރިޔަށްގެންދިއުމަށް ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2020 ސެޕްޓެންބަރު 29 ވަނަ ދުވަހުގެ 10:00ގައި  ށ. އަތޮޅުކައުންސިލްގެ މީޓިންގ ރޫމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 164ވަނަ ޢާއްމު ޖަލްސާއިންނެވެ.

 15 ސެޕްޓެންބަރު 2020