ކައުންސިލްގެ ނިންމުން
ނަންބަރު: 2020/28-227(N)
- ހުށަހެޅުން: ކޮވިޑް-19 ފުރަބަންދާ ގުޅިގެން މި އަހަރުގެ މަސައްކަތު ތާވަލާ އެއްގޮތަށް ޕްރޮގްރާމުތައް ކުރިޔަށް ގެންދެވިފައިނުވާތީ، މަސައްކަތު ތާވަލު މުރާޖަޢާކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
- ހުށަހެޅުން ފޮނުވި ފަރާތް: ޕްރޮޖެކްޓް ޕްލޭނިންގ އެންޑް މޮނިޓަރިންގ/ށ.އަތޮޅުކައުންސިލް
- ނިމުނުގޮތް:
– ހުށަހެޅި: ނާއިބުރައީސް ޢަބްދުﷲ ނާހިދު – ތާޢީދުކުރެއްވި: ކައުންސިލަރ ސަޢުދުﷲ ޢުޘްމާން
ކޮވިޑް-19 ފުރަބަންދާ ގުޅިގެން މި އަހަރުގެ މަސައްކަތު ތާވަލާ އެއްގޮތަށް ޕްރޮގްރާމުތައް ކުރިޔަށްގެންދެވިފައިނުވާތީ، ކޮމެޓީ މަރުޙަލާގައި ރިވިއުކޮށް ހުށަހަޅާފައިވާ މަސައްކަތު ތާވަލުގެ ޑްރާފްޓަށް ޖަލްސާގައި ގެނެވުނު އިޞްލާޙުތަކާއެކު ފާސްކުރުމަށް ފެނެއެވެ.
މިގޮތަށް ނިންމާފައިވަނީ 2020 އޮގަސްޓު 18 ވަނަ ދުވަހުގެ 10:00ގައި ށ. އަތޮޅުކައުންސިލްގެ މީޓިންގ ރޫމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 157ވަނަ ޢާއްމު ޖަލްސާއިންނެވެ.
18 އޮގަސްޓު 2020