ކައުންސިލްގެ ނިންމުން
ނަންބަރު: 2020/17-227(N)
- ހުށަހެޅުން: ށ.އަތޮޅުގެ ފެރީ ރޫޓްތަކަށް ގެންނަން އެދޭ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
- ހުށަހެޅުން ފޮނުވި ފަރާތް: ޖެނެރަލް އެޑްމިނިސްޓްރޭޝަން /ށ.އަތޮޅުކައުންސިލް
- ނިމުނުގޮތް:
– ހުށަހެޅި: ނާއިބުރައީސް ޢަބްދުﷲ ނާހިދު – ތާޢީދުކުރެއްވި: ކައުންސިލަރ ސަޢުދުﷲ ޢުޘްމާން
ށ.އަތޮޅު ފެރީ ރޫޓުތަކަށް ގެންނަން އެދޭ ބަދަލު ކަރުދާހަށް ރަށުކައުންސިލްތަކުން ދެއްވާފައިވާ ލަފާޔާއެކު އިސްލާޙުކުރެވިފައިވާ ގޮތަށް ފާސްކޮށް، އެ ކަރުދާސް އެމް.ޓީ.ސީ.ސީ އަށް ފޮނުވުމަށް ފެނެއެވެ.
މިގޮތަށް ނިންމާފައިވަނީ 2020 އޮގަސްޓު 18 ވަނަ ދުވަހުގެ 10:00ގައި ށ. އަތޮޅުކައުންސިލްގެ މީޓިންގ ރޫމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 157ވަނަ ޢާއްމު ޖަލްސާއިންނެވެ.
18 އޮގަސްޓު 2020