ޖިންސީ ފުރައްސާރަކުރުމާއި، ގޯނާކުރުން ހުއްޓުވުމުގެ ކޮމެޓީ އެކުލަވާލުމާ ބެހޭ- 2020/26


ކައުންސިލްގެ ނިންމުން

ނަންބަރު: 2020/26-227(N)

  • ހުށަހެޅުން: ޖިންސީ ފުރައްސާރަކުރުމާއި، ގޯނާކުރުން ހުއްޓުވުމުގެ ކޮމެޓީ އެކުލަވާލުމާއި، ކޮމެޓީގައިވާ ބޭފުޅުންގެ ނަންތައް ސިވިލް ސަރވިސް ކޮމިޝަނަށް ފޮނުވުމާމެދު މަޝްވަރާކޮށް ގޮތެއް ނިންމުން.
  • ހުށަހެޅުން ފޮނުވި ފަރާތް: ހިއުމަންރިސޯސް /ށ.އަތޮޅުކައުންސިލް
  • ނިމުނުގޮތް:

– ހުށަހެޅި: ނާއިބުރައީސް ޢަބްދުﷲ ނާހިދު        – ތާޢީދުކުރެއްވި: ކައުންސިލަރ އަޙްމަދު ފާއިޒު

“ޖިންސީ ފުރައްސާރަކުރުމާއި، ގޯނާކުރުން ހުއްޓުވުމުގެ ކޮމެޓީ” ގައި އިދާރީ އެންމެ އިސް ތިން ބޭފުޅުން ކަމުގައިވާ ޑިރެކްޓަރ ޖެނެރަލް  މުޙައްމަދު ޙަމީދާއި، ޑިރެކްޓަރ ޢަބްދުލްޖަލީލު އިބްރާހީމާއި، އެސިސްޓެންޓް ޑިރެކްޓަރ ޢަޒީމާ ޢަލީގެ ނަން ހިމެނުމަށް ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2020 ޖުލައި 21 ވަނަ ދުވަހުގެ 10:00ގައި  ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 155ވަނަ ޢާއްމު ޖަލްސާއިންނެވެ.

21 ޖުލައި 2020