ށ.އަތޮޅު ކައުންސިލްގެ 2019ވަނަ އަހަރުގެ މާލީ ބަޔާން ފާސްކުރުން – 2020/23


ކައުންސިލްގެ ނިންމުން

  • ހުށަހެޅުން: މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ 2019ވަނަ އަހަރުގެ މާލީ ބަޔާނާ ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
  • ހުށަހެޅުން ފޮނުވި ފަރާތް: ބަޖެޓް އެންޑް ފައިނޭންސް، ށ.އަތޮޅުކައުންސިލް
  • ނިމުނުގޮތް:

– ހުށަހެޅި: ނާއިބުރައީސް ޢަބްދުﷲ ނާހިދު        – ތާޢީދުކުރެއްވި: ކައުންސިލަރ ސަޢުދުﷲ ޢުޘްމާން

މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ 2019ވަނަ އަހަރުގެ މާލީ ބަޔާނަށް ކައުންސިލްގައި މަޝްވަރާކުރެވި  ގެނެވުނު އިޞްލާޙުތަކާއެކު ފާސްކުރުމަށް ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2020 ޖުލައި 06 ވަނަ ދުވަހުގެ 10:00ގައި  ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 152ވަނަ ޢާއްމު ޖަލްސާއިންނެވެ.

06 ޖުލައި 2020