ނިއު ނޯމަލްގައި އޮފީހުގައި ޚިދުމަތްދިނުމުގެ އުޞޫލު ފާސްކުރުން- 2020/21


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 2020/21-(N)

  • ހުށަހެޅުން: ނިއު ނޯމަލްގައި އޮފީހުގެ ޚިދުމަތްދިނުމުގެ އުޞޫލާ ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
  • ހުށަހެޅުން ފޮނުވި ފަރާތް: ހިއުމަން ރިސޯސް/ ށ.އަތޮޅުކައުންސިލް
  • ނިމުނުގޮތް:

– ހުށަހެޅި: ނާއިބުރައީސް ޢަބްދުﷲ ނާހިދު        – ތާޢީދުކުރެއްވި: ކައުންސިލަރ ސަޢުދުﷲ ޢުޘްމާން

އިދާރީ ޔުނިޓުން އެކުލަވާލައި، ހުށަހަޅުއްވާފައިވާ އައު ޢާއްމު ޙާލަތުގައި ށ.އަތޮޅުކައުންސިލުން ދެވޭނެ ޚިދުމަތްތަކާއި، ޚިދުމަތް ދެވޭނެ ގޮތުގެ އުޞޫލަށް ބަހުސްގެ މަރުޙަލާގައި ގެނެވިފައިވާ އިޞްލާޙުތަކާއެކު ފާސްކޮށް، އުޞޫލާ އެއްގޮތަށް ޚިދުމަތްދެމުންގެންދިއުމަށް ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2020 ޖޫން 25 ވަނަ ދުވަހުގެ 10:15ގައި  ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 149ވަނަ ޢާއްމު ޖަލްސާއިންނެވެ.

25 ޖޫން 2020