ކޯވިޑް 19 އާ ގުޅިގެން ފުނަދުއަށް އަންނަ މީހުން ކަރަންޓީނުކުރުމަށް އަތޮޅުކައުންސިލްގެ އެކަމަޑޭޝަން ހަމަޖެއްސުން -2020/20


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 2020/20-227(N)

  • ހުށަހެޅުން: ކޮވިޑް-19 މާލޭ ފުރަބަންދާ ގުޅިގެން ފުނަދުއަށް އައުމަށް ބޭނުންވެ، ނާދެވިފައިވާ ފަރާތްތައް ބައިތިއްބުމަށް ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި އަތޮޅުކައުންސިލްގެ ބެލުމުގެ ދަށުގައިވާ ކޮޓަރިތައް ހަމަޖައްސައިދިނުމަށް އެދި ފުނަދޫ ކައުންސިލް އިދާރާއިން ފޮނުވާފައިވާ ނަންބަރު 283-BF/227/2020/31 (19 މެއި 2020) ސިޓީއާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
  • ހުށަހެޅުން ފޮނުވި ފަރާތް: އިންފްރާންސްޓްރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް/ ށ.އަތޮޅުކައުންސިލް
  • ނިމުނުގޮތް:

– ހުށަހެޅި: ނާއިބުރައީސް ޢަބްދުﷲ ނާހިދު       – ތާޢީދުކުރެއްވި: ކައުންސިލަރ ސަޢުދުﷲ ޢުޘްމާން

ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން މާލޭގެ ފުރަބަންދުގައި ނާދެވިތިބި ށ.އަތޮޅުގެ މީހުން ފުނަދޫގައި ބައިތިއްބާނެ ޙާލަތެއް އަތުވެއްޖެނަމަ ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި އަތޮޅުވެހި އިމާރާތް މިކައުންސިލްގެ ނަންބަރު (N)227-2020/18 ނިންމުމުގައިވާ ގޮތުގެމަތީން ފުނަދޫ ކައުންސިލް އިދާރާއަށް ދޫކުރުމަށާއި، މި ކޮރަންޓީން ފެސިލިޓީއަށް މީހުން ގެނައުމުގައި ފުނަދޫން އެދިފައިވާ ފަރާތްތަކަށް އިސްކަންދިނުމަށާއި، އަދި އަތޮޅުގެ ރަށްރަށުގެ ތެރެއިން މިފަދަ މީހުން ބައިތިއްބާނެ އެކަށީގެންވާ ފެސިލިޓީނެތް ރަށްރަށުގެ މީހުންގެ ތެރެއިން އެދޭ ރަށްރަށުގެ ތަރުތީބުން މީހުން ބައިތިއްބުމަށާއި، ރަށުން ބޭރު މީހުން ބެލެހެއްޓުމުގައި ފުނަދޫ ކައުންސިލާއި، އަތޮޅުކައުންސިލާއި، އެރަށެއްގެ ރަށުކައުންސިލާ ވާހަކަދެކެވިގެން ކެއުމުގެ ކަންކަން އިންތިޒާމުކުރުމަށާއި، މި ބަލިމަޑުކަމާ ގުޅިގެން ފެސިލިޓީގައި ޤާއިމުކުރަންޖެހޭ ކަންކަން ފުނަދޫކައުންސިލުން އިންތިޒާމުކުރާގޮތަށް ކަނޑައެޅުމަށް ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2020 މެއި 20ވަނަ ދުވަހުގެ މެންދުރުފަހު 1:00ގައި ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ ފުރަތަމަ ކުއްލި ޖަލްސާއިންނެވެ.

20 މެއި 2020