ކައުންސިލްގެ ނިންމުން
ނަންބަރު 2020/19-227-(N)
- ހުށަހެޅުން: އަތޮޅުވެއްސާއި، މީޓިންގރޫމުގެ ރިޓެންޝަން ފައިސާ ދޫކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
- ހުށަހެޅުން ފޮނުވި ފަރާތް: އިންފްރާންސްޓްރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް/ ށ.އަތޮޅުކައުންސިލް
- ނިމުނުގޮތް:
þ ހުށަހެޅި: ކައުންސިލަރ ސަޢުދުﷲ ޢުޘްމާން þ ތާޢީދުކުރެއްވި: ނާއިބުރައީސް ޢަބްދުﷲ ނާހިދު
އަތޮޅުވެއްސާއި، މީޓިންގ ރޫމު ޢިމާރާތުގެ ރިޓެންޝަން ފައިސާ ދޫކުރުމުގައި، އެ ދެ ޢިމާރާތުން ފާހަގަކުރެވުނު މަރާމާތުތައް ބަލައި، އެ މަރާމާތުތަކަށް ދާނެ ޚަރަދު އުނިކުރުމަށްފަހު ބާކީ ހުރި ފައިސާ އެ މަސައްކަތްތަކުގެ ރިޓެންޝަން ފައިސާގެ ގޮތުގައި މަސައްކަތާ ޙަވާލުވި ފަރާތްތަކަށް ދޫކުރުމަށް ފެނެއެވެ.
މިގޮތަށް ނިންމާފައިވަނީ 2020 މެއި 20ވަނަ ދުވަހުގެ ރޭގަނޑު 9:15ގައި ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 146ވަނަ ޢާއްމު ޖަލްސާ އިންނެވެ.
19 މެއި 2020