ކައުންސިލްގެ ނިންމުން
ނަންބަރު: 2020/18
- ހުށަހެޅުން: ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ށ.ފުނަދޫ އަތޮޅު ހޮސްޕިޓަލުގެ ފަރާތުން ޙަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން ކަރަންޓީނުކުރަންޖެހޭ ފަރާތްތައް ކަރަންޓީނުކުރުމަށް އަތޮޅުވެހި ޢިމާރާތް ދޫކޮށްދިނުމަށް އެދި އެ ހޮސްޕިޓަލުގެ ނަންބަރު SH-FAH-A/227/2020/08 (25 މާރިޗު 2020) ސިޓީއާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
- ހުށަހެޅުން ފޮނުވި ފަރާތް: އިންފްރާންސްޓްރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް/ ށ.އަތޮޅުކައުންސިލް
- ނިމުނުގޮތް:
– ހުށަހެޅި: ނާއިބުރައީސް ޢަބްދުﷲ ނާހިދު – ތާޢީދުކުރެއްވި: ކައުންސިލަރ ސަޢުދުﷲ ޢުޘްމާން
ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ށ.ފުނަދޫ އަތޮޅުހޮސްޕިޓަލުގެ ފަރާތުން ކަރަންޓީނުކުރަންޖެހޭ ފަރާތްތައް ކަރަންޓީނުކުރުމަށް ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި އަތޮޅުވެހި ދޫކުރުމަށާއި، އަތޮޅުވެއްސަކީ ނަފާވެހި ޕްރޮގްރާމުގެ ދަށުން ކުއްޔަށް ދޫކޮށް އާމްދަނީ ހޯދަމުންދާ ވަޞީލަތަކަށްވެފައި، މި ބަލިމަޑުކަމާ ގުޅިގެން ކައުންސިލްގެ އާމްދަނީ ލިބޭ ގިނަ ޕްރޮގްރާމުތައް ހުއްޓި އާމްދަނީ ދަށަށްގޮސްފައިވާތީ، ކުރިން ދޫކުރެވުނު ގޮތާ ޚިލާފަށް 2020 މެއި 19ވަނަ ދުވަހުން ފެށިގެން އެބޭނުމަށް އެތަން ދޫކުރެވޭނީ މި ބަލިމަޑުކަމާ ގުޅިގެން ދައުލަތުން އެހެން ތަންތަންވެސް ނަގައި ބޭނުންކުރަމުންދާ ފަދައިން ކައުންސިލަށް އާމްދަނީއެއް ލިބޭގޮތަށް ދުވަހު ކުއްޔަށް ކަމުގައި ފާސްކުރުމަށް ފެނެއެވެ.
މިގޮތަށް ނިންމާފައިވަނީ 2020 މެއި 20ވަނަ ދުވަހުގެ ރޭގަނޑު 9:15ގައި ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 146ވަނަ ޢާއްމު ޖަލްސާ އިންނެވެ.