ދިވެހިރާއްޖޭގެ ފަޚުރުވެރި 55ވަނަ މިނިވަންދުވަހުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގައި ދިދަނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފިއެވެ.
މިއަދު ހެނދުނު 6:00 ގައި އެ އިދާރާގެ ގޯތިތެރޭގައި ބޭއްވުނު މި ރަސްމިއްޔާތު، ޤުރުއާނުގެ ބަރަކާތުން ފަށްޓަވައިދެއްވީ އަލްޤާރީ އިބްރާހީމް މުޙައްމަދެވެ. ޤައުމީ ދިދަ ނަންގަވައިދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނު ށ.އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ޢާރިފެވެ. ދިދަ ނަންގަވައިދެއްވުމަށްފަހު އެންމެހާ ބައިވެރިންނާއެކު ޤައުމީ ސަލާމް ކުރިޔަށް ގެންދެވިފައިވެއެވެ.
އަތޮޅުކައުންސިލާއި، ފުނަދޫގެ މުއައްސަސާތަށް ގުޅިގެން ކުރިޔަށްގެންދެވުނު މި ރަސްމިއްޔާތުގައި އެ މުއްސަސާތަކުގެ އިސްވެރިންނާއި، މުވައްޒަފުން ބައިވެރިވެފައިވެއެވެ.