ކައުންސިލްގެ ނިންމުން
ނަންބަރު: 2020/17
- ހުށަހެޅުން: ކޮވިޑް-19 ށ.އަތޮޅު އިމަރޖެންސީ ފަންޑުން ޚަރަދުކުރާނެ އުޞޫލާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން
- ހުށަހެޅުން ފޮނުވި ފަރާތް: ބަޖެޓް އެންޑް ފައިނޭންސް/ ށ.އަތޮޅުކައުންސިލް
- ނިމުނުގޮތް:
– ހުށަހެޅި: ކައުންސިލަރ އަޙްމަދު ފާއިޒު – ތާޢީދުކުރެއްވި: ނާއިބުރައީސް ޢަބްދުﷲ ނާހިދު
މުޅި ދުނިޔެއަށް ޢާއްމުކޮށް ފެތުރިފައިވާ ނުރައްކާތެރި ކޯވިޑް 19ގެ ބަލިމަޑުކަން ރާއްޖެއަށް ވެސް އައިސްފައިވާއިރު، މި އަތޮޅަކީ މާލެ ފިޔަވައި، މި ބަލީގައި އެންމެ ގިނަމީހުން ފައްސިވެފައިވާ އަތޮޅަކަށްވެފައި، މިކަމުން އަތޮޅުގެ ގިނަ ރައްޔިތުންނަށް ޙިމާޔަތާއި، ރައްކާތެރިކަން ލިބިދިނުމަށްޓަކައި ކައުންސިލްތަކުން އެލް.ޖީ.އޭގެ ލަފާ އާއި، އަތޮޅު ކައުންސިލްގެ އިރުޝާދުގެ މަތީން އަގުހުރި މަސައްކަތްތަކެއް ދިޔަނަމަވެސް ވަރަށް މުހިންމު ބައެއް ކަންކަން ކުރުމުގައި މި ކަމަށް ޚަރަދުކުރާނެ އެއްވެސް މިންވަރެއްގެ ފައިސާއެއް ސަރުކާރުން މިހާތަނަށް ރަށު ކައުންސިލްތަކަށް ދޫކުރައްވާފައި ނުވާތީ، މިކަމަށް ދިމާވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން، ކައުންސިލްގެ ރައީސްގެ މޭޒުން ހުށަހަޅުއްވާފައިވާ “ކޯވިޑް-19 ވިޔަވަތި އިމަރޖެންސީ ފަންޑު” ކަރުދާހުގައިވާ ގޮތަށް ރަށު ކައުންސިލްތަކަށް ފައިސާ ދޫކުރުމަށާއި، އަދި މިއީ ޚާއްޞަ ޙާލަތެއްގައި ޚާއްޞަ ބޭނުމެއްގައި ދޫކުރާ ފައިސާއެއް ކަމަށްވާތީ، މި ފައިސާ ދޫކުރުމުގައި އަތޮޅުކައުންސިލުން ރަށުކައުންސިލްތަކަށް މާލީއެހީ ދިނުމުގެ ސިޔާސަތަށް ޢަމަލުކުރާކަށް ނުޖެހޭނެއެވެ.
މިގޮތަށް ނިންމާފައިވަނީ 2020 މެއި 02ވަނަ ދުވަހުގެ މެންދުރުފަހު 1:00ގައި ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 146ވަނަ ޢާއްމު ޖަލްސާ އިންނެވެ.
02 މެއި 2020