ކޮވިޑް-19 އިމަރޖެންސީ ފަންޑު އެކުލަވާލުން -2020/16


ކައުންސިލްގެ ނިންމުން

ނަންބަރު: 2020/16

  • ހުށަހެޅުން: ކޮވިޑް-19 ށ.އަތޮޅު އިމަރޖެންސީ ފަންޑު އެކުލަވާލުމާ ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
  • ހުށަހެޅުން ފޮނުވި ފަރާތް: ބަޖެޓް އެންޑް ފައިނޭންސް/ ށ.އަތޮޅުކައުންސިލް
  • ނިމުނުގޮތް:

– ހުށަހެޅި: ނާއިބުރައީސް ޢަބްދުﷲ ނާހިދު       – ތާޢީދުކުރެއްވި: ކައުންސިލަރ ސަޢުދުﷲ ޢުޘްމާން

ކޮވިޑް- 19 ވިޔަވަތި އިމަޖެންސީ ފަންޑުގެ ނަމުގައި ފަންޑެއް ހުޅުވުމަށް ފާސްކޮށް، މިއަހަރު ހިންގުމަށް ބަޖެޓް ކުރެވިފައިވާ “ވިޔަފަތި ޤުރުއާން މުބާރާތް 2020” ހޯސްޓްކުރުމުގެ ޝައުޤުވެރިކަން އެއްވެސް ރަށަކުން މިހާތަނަށް ފާޅުކުރައްވާފައި ނެތުމާއި، ކޮވިޑް-19 ބަލިމަޑުކަމުގެ ޙާލަތާ ގުޅިގެން މި މުބާރާތް ބާއްވާނެ އެއްވެސް މާހައުލެއް މިއަހަރު އޮންނާނެ ކަމަށް ނުފެންނާތީ، އެ ޕްރޮގްރާމުގެ ބަޖެޓުގެ ގޮތުގައި ކަނޑައެޅިފައިވާ 250,000.00 (ދެލައްކަ ފަންސާސްހާސް) ރުފިޔާ، ކޮވިޑް-19 ބަލިމަޑުކަމުން އަރައިގަތުމަށް އަތޮޅުގައި ޤާއިމުވެފައިވާ އިމަޖެންސީ އޮޕަރޭޓިންގ ސެންޓަރުތަކަށާއި، ސޯޝަލް ސަޕޯޓް ޑެސްކްތަކަށް ބޭނުންވާ އާލާތްތައް ހޯދުމަށާއި،  މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް “ކޮވިޑް 19 ވިޔަވަތި އިމަޖެންސީ ފަންޑު” އައިޓަމަށް ބަދަލުކޮށްގެން ޚަރަދުކުރުމަށް ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2020 މެއި 02ވަނަ ދުވަހުގެ މެންދުރުފަހު 1:00ގައި ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 146ވަނަ ޢާއްމު ޖަލްސާ އިންނެވެ.

02 މެއި 2020