ކައުންސިލްތަކުން ކޮށްފައިވާ އިންވެސްޓްމަންޓްތަކަށް ބަދަލު ނަގައިދިނުމާބެހޭ އުޞޫލަށް އިޞްލާޙް ހުށަހެޅުން- 2020/12


ކައުންސިލްގެ ނިންމުން

ނަންބަރު: 2020/12

  • ހުށަހެޅުން: ކައުންސިލްތަކުން ކޮށްފައިވާ އިންވެސްޓްމަންޓްތަކަށް ބަދަލު ނަގައިދިނުމާ ގުޅޭ އުޞޫލަށް މަޝްވަރާކޮށް ގޮތެއް ނިންމުން.
  • ހުށަހެޅުން ފޮނުވި ފަރާތް: ޖެނެރަލް އެޑްމިނިސްޓްރޭޝަން /ށ.އަތޮޅުކައުންސިލް
  • ނިމުނުގޮތް:

☐ ހުށަހެޅި: ކައުންސިލަރ އަޙްމަދު ފާއިޒު    ☐ ތާޢީދުކުރެއްވި: ކައުންސިލަރ ސަޢުދުﷲ ޢުޘްމާން

އެލް.ޖީ.އޭއިން ކައުންސިލްތަކުގެ އިޞްލާޙް ހޯދުމަށް ފޮނުއްވާފައިވާ ކައުންސިލްތަކުން ކޮށްފައިވާ އިންވެސްޓްމަންޓްތަކަށް ބަދަލު ނަގައިދިނުމާ ގުޅޭ އުޞޫލަށް ކޮމެޓީ މަރުޙަލާގަޔާއި، ޖަލްސާގައިވެސް އިޞްލާޙެއް ހުށަހެޅިފައިނުވާތީ އާއި، މި އުޞޫލުގެ ސަބަބުން ކައުންސިލްތަކަށް ގެއްލުމެއްވާނެ ކަމަށް ނުފެންނާތީ، އުޞޫލު އޮތްގޮތް ރަނގަޅުކަމަށް ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2020 މާރިޗު 5ވަނަ ދުވަހުގެ ހެނދުނު 10:00ގައި ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 143ވަނަ ޢާއްމު ޖަލްސާ އިންނެވެ.