ވިޔަވަތި މަހާސިންތާ 2020 ބާއްވާނެ ތާރީޚެއް ކަނޑައެޅުން- 2020/11


ކައުންސިލްގެ ނިންމުން

ނަންބަރު: 2020/11  

  • ހުށަހެޅުން: ވިޔަވަތި މަހާސިންތާ ބާއްވާނެ ތާރީޚާއި، ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
  • ހުށަހެޅުން ފޮނުވި ފަރާތް: ޖެނެރަލް އެޑްމިނިސްޓްރޭޝަން /ށ.އަތޮޅުކައުންސިލް
  • ނިމުނުގޮތް:

☐ ހުށަހެޅި: ކައުންސިލަރ އަޙްމަދު ފާއިޒު    ☐ ތާޢީދުކުރެއްވި: ކައުންސިލަރ ސަޢުދުﷲ ޢުޘްމާން

ލޯކަލް ކައުންސިލް އިންތިޚާބު ގާތްވެފައިވުމާއި، މި ދައުރު ވެސް ނިމެން ގާތްވެފައިވުމާއެކު މަހާސިންތާ ބާއްވަން އައުލާކަން ބޮޑީ އަތޮޅުކައުންސިލަށް އަލަށް އިންތިޚާބުވާ ކައުންސިލަށް ކަމުގައިވާތީ އާއި، އޭގެ ސަބަބުން މަހާސިންތާގެ ނަތީޖާ ރަނގަޅުވާނެ ކަމަށް ފެންނާތީ، ށ.އަތޮޅުކައުންސިލްގެ 4ވަނަ ދައުރަށް އިންތިޚާބުވާ ކައުންސިލުން ކުރިޔަށްގެންދާ ގޮތަށް ވިޔަވަތި މަހާސިންތާ 2020، ލަސްކުރަން ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2020 މާރިޗު 5ވަނަ ދުވަހުގެ ހެނދުނު 10:00ގައި ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 143ވަނަ ޢާއްމު ޖަލްސާ އިންނެވެ.