ވިޔަވަތި ޤުރުއާން މުބާރާތް 2020 ބާއްވާނެ ރަށެއް ކަނޑައެޅުން – 2020/9


ކައުންސިލްގެ ނިންމުން

ނަންބަރު:2020/09

  • ހުށަހެޅުން: ވިޔަވަތި ޤުރުއާން މުބާރާތް 2020 ބާއްވާނެ ރަށެއް ކަނޑައެޅުމާ ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
  • ހުށަހެޅުން ފޮނުވި ފަރާތް: ޖެނެރަލް އެޑްމިނިސްޓްރޭޝަން  /ށ.އަތޮޅުކައުންސިލް
  • ނިމުނުގޮތް:

☐ ހުށަހެޅި: ކައުންސިލްގެ ނައިބު ރައީސް ޢަބްދުﷲ ނާހިދު    ☐ ތާޢީދުކުރެއްވި: ކައުންސިލަރ ސަޢުދުﷲ ޢުޘްމާން

ވިޔަވަތި ޤުރުއާން މުބާރާތް 2020، ހޯސްޓްކުރުމަށް އެއްވެސް ފަރާތަކުން ހުށަހަޅުއްވާފައިނުވާތީ، މިހާރު މުބާރާތް ބޭއްވުމަށް ކަނޑައެޅިފައިވާ ތާރީޚުގައި ބޭއްވެންނެތުމާއެކު، މި މުބާރާތް ބޭއްވުން ފަސްކޮށް، ފަހުގެ ތާރީޚެއްގައި އަލުން މުބާރާތް ބާއްވާނެ ތާރީޚެއް ކަނޑައަޅައި އިޢުލާނުކުރާނެ ކަމަށް ސްކޫލުތަކަށް އެންގުމަށާއި،  މިކަމާ ގުޅޭ ރިޕޯޓެއް އެކުލަވާލައި ކައުންސިލުން ފާސްކޮށް މައްސަލައާ އެޓޭޗްކުރުމަށް، ނިންމުމަށް ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2020 ފެބުރުވަރީ 18ވަނަ ދުވަހުގެ ހެނދުނު 11:00ގައި ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 141ވަނަ ޢާއްމު ޖަލްސާ އިންނެވެ.