ވަގުތީ އެސް.ޖީގެ މަސްޢޫލިއްޔަތުތައް ޙަވާލުކުރާނެ މުވައްޒަފެއް ކަނޑައެޅުން- 2020/07


ކައުންސިލްގެ ނިންމުން

ނަންބަރު:2020/07

  • ހުށަހެޅުން: ސިވިލް ސަރވިސް ކޮމިޝަންގެ ސަރކިއުލަރ ނަންބަރު 188/POD/CIR/2020/18 (28/1/2020) އިން ކައުންސިލްގެ ޒިންމާދާރުވެރިޔާގެ މަސްޢޫލިއްޔަތު އަދާކުރުމަށް ކައުންސިލްގެ މުވައްޒަފުންގެ ތެރެއިން މުވައްޒަފަކު ވަގުތީ އެސްޖީއެއްގެ މަޤާމަށް އައްޔަންކުރުމަށް ބޭނުންވާ މުވައްޒަފަކާ ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
  • ހުށަހެޅުން ފޮނުވި ފަރާތް: ހިއުމަންރިސޯސް  /ށ.އަތޮޅުކައުންސިލް
  • ނިމުނުގޮތް:

☐ ހުށަހެޅި: ކައުންސިލަރ އަޙްމަދު ފާއިޒު            ☐ ތާޢީދުކުރެއްވި: ކައުންސިލްގެ ރައީސް މުޙައްމަދު ޢާރިފް

ސިވިލް ސަރވިސް ކޮމިޝަންގެ ނަންބަރު 188/POD/CIR/2020/18 (28/1/2020) ސަރކިއުލަރ އިން ވަގުތީ އެސް.ޖީގެ މަޤާމުގެ މަސްޢޫލިއްޔަތު ޙަވާލުކުރުމުގެ މައްސަލާގައި ކޮމެޓީން ހުށަހަޅާފައިވާ ކަރުދާހުގައިވާ ގޮތުގެމަތީން ޑިރެކްޓަރޖެނެރަލް މުޙައްމަދު ޙަމީދާ ވަގުތީ އެސްޖީގެ މަސްޢޫލިއްޔަތު ޙަވާލުކުރުމަށް ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2020 ޖަނަވަރީ 30ވަނަ ދުވަހުގެ ހެނދުނު 10:00ގައި ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 137ވަނަ ޢާއްމު ޖަލްސާ އިންނެވެ.

30 ޖަނަވަރީ 2020