ކައުންސިލްގެ ނިންމުން
ނަންބަރު:2020/04
- ހުށަހެޅުން: ކިޔެވެނި އެހީ ދިނުމުގެ އުޞޫލަށް ހުށަހެޅިފައިވާ އިޞްލާޙްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފާސްކުރުން، ހިއުމަން ރިސޯސް ޑިވެލޮޕްމަންޓުގައި ބައިވެރިވުމުގެ އެއްބަސްވުމަށް ހުށަހެޅިފައިވާ އިޞްލާޙްތަކާމެދު މަޝްވަރާކޮށް ފާސްކުރުން
- ހުށަހެޅުން ފޮނުވި ފަރާތް: ޕޮލިސީ ޕްލޭނިންގ ރިސަރޗް އެންޑް މޮނިޓަރިންގ/ށ.އަތޮޅުކައުންސިލް
- ނިމުނުގޮތް:
☐ ހުށަހެޅި: ނާއިބުރައީސް ޢަބްދުﷲ ނާހިދު ☐ ތާޢީދުކުރެއްވި: ކައުންސިލަރ އަޙްމަދު ފާއިޒު
ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ޕްރޮގްރާމުގައި ބައިވެރިވުމުގެ އެއްބަސްވުމާއި، ކިޔެވެނި އެހީ ދިނުމުގެ އުޞޫލާއި، އެ އުޞޫލުގެ ދަށުން ހެދިފައިވާ އެމް.އޯ.ޔޫތަކަށް، ކައުންސިލްގައި މަޝްވަރާކުރެވި، ގެނެވިފައިވާ އިޞްލާޙްތަކާއެކު ފާސްކުރުމަށް ފެނެއެވެ.
މިގޮތަށް ނިންމާފައިވަނީ 2020 ޖަނަވަރީ 30 ދުވަހުގެ މެންދުރުފަހު 10:00ގައި ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 713ވަނަ ޢާއްމު ޖަލްސާ އިންނެވެ.
30 ޖަނަވަރީ 2020