ކައުންސިލްގެ 2020ވަނަ އަހަރުގެ ބަޖެޓް ފާސްކުރުން- 2020/01


ކައުންސިލްގެ ނިންމުން

ނަންބަރު:2020/01

  • ހުށަހެޅުން: ށ.އަތޮޅުކައުންސިލްގެ 2020ވަނަ އަހަރުގެ ބަޖެޓާ ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
  • ހުށަހެޅުން ފޮނުވި ފަރާތް: ބަޖެޓް އެންޑް ފައިނޭންސް /ށ.އަތޮޅުކައުންސިލް
  • ނިމުނުގޮތް:

☐ ހުށަހެޅި: ކައުންސިލަރ އަޙްމަދު ފާއިޒު            ☐ ތާޢީދުކުރެއްވި: ނައިބުރައީސް ޢަބްދުﷲ ނާޙިދު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ (2010/7)ގެ 96ވަނަ މާއްދާގައިވާ ގޮތުގެމަތީން 2020 އަހަރަށް ލަފާކުރާ ށ.އަތޮޅުކައުންސިލްގެ ބަޖެޓް، ކޮމެޓީ މަރުޙަލާގައި ހުށަހެޅުނު އިޞްލާޙްތަކާއެކު ތައްޔާރުކުރައްވައި، އިދާރީ ޔުނިޓުން ހުށަހަޅާފައިވާ ގޮތަށް ފާސްކޮށްފީމެވެ. އަދި އެޤާނޫނުގެ 97ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތީން އެކުލަވާލެވުނު ބަޖެޓް ސްޓޭޓްމަންޓާއި، ކައުންސިލުން ހިންގާ ވިޔަފާރިތަކާ ގުޅޭ ހިސާބުތައް ޞައްޙަކަމަށް ފާސްކޮށްފީމެވެ.

މިގޮތަށް ނިންމާފައިވަނީ 2020 ޖަނަވަރީ 14 ދުވަހުގެ މެންދުރުފަހު 13:00ގައި   ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 513ވަނަ ޢާއްމު ޖަލްސާ އިންނެވެ.