ތަން: | ޖަލްސާކުރާ މާލަން / މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ |
ތާރީޚާއި ގަޑި: | 28 ޖަނަވަރީ 2020 ، އަންގާރަ، ހެނދުނު 10:00 |
އެޖެންޑާ
- ސަރުކާރުގެ ފަރާތުން ހުށައަޅާ ކަންކަން
- ލޯކަލްގަވަރުމަންޓް އޮތޯރިޓީގެ ފަރާތުން ހުށައަޅާ ކަންކަން
- ކައުންސިލްގެ އިދާރާއިން ހުށައަޅާ ކަންކަން
- ވިޔަވަތި ލާންޗު އަޑިޔަށް ދިއުމުގެ ޙާދިސާގެ ރިޕޯޓް ކައުންސިލާ ޙިއްސާކުރުމާއި، ރިޕޯޓާ ގުޅިގެން އަޅާނެ ފިޔަވަޅުތަކަކާމެދު މަޝްވަރާކޮށް ގޮތެއް ނިންމުން.
- ށ.އަތޮޅުކައުންސިލްގެ 2019ވަނަ އަހަރުގެ މަސައްކަތު ތާވަލު މުރާޖަޢާކޮށް ފާސްކުރުން
- ކިޔެވެނިއެހީ ދިނުމުގެ އުޞޫލަށް ހުށަހެޅިފައިވާ އިސްލާޙްތަކާ ގުޅޭގޮތުން މަޝްވަރާކޮށް ފާސްކުރުން
- ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ޕްރޮގްރާމުގައި ބައިވެރިވުމުގެ އެއްބަސްވުމަށް ހުށަހެޅިފައިވާ އިޞްލާޙްތަކާމެދު މަޝްވަރާކޮށް ފާސްކުރުން.
- އެއްބަސްވުމެއްގެ ދަށުން ފުނަފަތި ފާމަސީން ކުރެޑިޓަށް ބޭސްދޫކުރެވިފައިވާ ފަރާތެއް ކަމުގައިވާ، ށ.ފޯކައިދޫ ފޭރުގަސްދޮށުގޭ އަލްމަރުޙޫމް އިބްރާހީމް ނަޢީމުގެ ދަރަންޏާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
- އަލަށް ބޭނުންކުރަން ފެށިފައިވާ “ވިޔަމޮޑިއުލް” އިން ފައިސާ ޚަރަދުކުރުމަށް ހުއްދަދޭނެ ފަރާތްތައް ކަނޑައެޅުން.
- ޑިރެކްޓަރ ޢަބްދުލްޖަލީލު އިބްރާހީމް އަމިއްލަ ގޮތުން ކިޔެވުމަށް މާލެ ދިއުމަށްޓަކައި މުސާރަ ލިބޭގޮތަށް ވީއްލުމާމެދު މަޝްވަރާކޮށް ގޮތެއް ނިންމުން.
- ކައުންސިލަރުން ހުށައަޅުއްވާ ކަންކަން
- އިދާރީ މައްސަލަތައް
- ށ. އަތޮޅުކައުންސިލްގެ 3ވަނަ ދައުރުގެ 134، 135، 136 ވަނަ ޢާއްމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން
- ވޯޓަށް އަހާ ކަންކަމަށް ވޯޓަށް އެހުން
26 ޖަނަވަރީ 2020