މޯލްޑިވްސް ނޯރތް ކޮންސޯރޓިއަމް އުފެއްދުމާއި، ހިންގުމުގައި ށ.އަތޮޅުކައުންސިލުން ބައިވެރިވުމާބެހޭ – 2019/51


ކައުންސިލްގެ ނިންމުން

ނަންބަރު: 2019/51

  • ހުށަހެޅުން: މޯލްޑިވްސް ނޯރތް ކޮންސޯރޓިއަމް އުފެއްދުމާއި، ހިންގުމުގެ ކަންކަމުގައި މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލުން ބައިވެރިވުމާމެދު މަޝްވަރާކޮށް ގޮތެއް ނިންމުން.
  • ހުށަހެޅުން ފޮނުވި ފަރާތް: ޖެނެރަލް އެޑްމިނިސްޓްރޭޝަން /ށ.އަތޮޅުކައުންސިލް
  • ނިމުނުގޮތް:

– ހުށަހެޅި: ކައުންސިލަރ ސަޢުދުﷲ ޢުޘްމާން               – ތާޢީދުކުރެއްވި: ކައުންސިލަރ އަޙްމަދު ފާއިޒު

މޯލްޑިވްސް ނޯރތު ކޮންސޯރޓިއަމް އުފެއްދުމުގައި ށ.އަތޮޅުކައުންސިލުން އިސްވެ ޙަރަކާތްތެރިވުމަށް ކަނޑައަޅާ ޤަރާރު ޖަލްސާގައި ޢިބާރާތްކުރެވުނު ގޮތަށް ފާސްކުރުމަށް ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2019 ޑިސެންބަރު 31 ދުވަހުގެ ހެނދުނު 10:00ގައި   ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 133ވަނަ ޢާއްމު ޖަލްސާ އިންނެވެ.

31 ޑިސެންބަރު 2019