ކައުންސިލްގެ ނިންމުން
ނަންބަރު: 2019/49
- ހުށަހެޅުން: އޭ.އެފް.ސީ/ އެފް.އޭ.އެމް “ސީ” ސެޓްފިކެޓް ކޯޗިންގ ކޯސް ހިންގުމަށް ބޭނުންކުރެވުނު ބޯޅަތައް ރަށްރަށަށް ބަހާނެ ގޮތަކާ ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
- ހުށަހެޅުން ފޮނުވި ފަރާތް: ޕޮލިސީ ޕްލޭނިންގ އެންޑް މޮނިޓަރިންގ /ށ.އަތޮޅުކައުންސިލް
- ނިމުނުގޮތް:
– ހުށަހެޅި: ކައުންސިލަރ އަޙްމަދު ފާއިޒު – ތާޢީދުކުރެއްވި: ކައުންސިލަރ ސަޢުދުﷲ ޢުޘްމާން
އޭ.އެފް.ސީ/އެފް.އޭ.އެމް “ސީ” ސެޓްފިކެޓް ކޯހުގައި ބޭނުންކުރެވުނު ބޯޅަތައް، ކޮމެޓީ މަރުޙަލާގައި މަޝްވަރާކުރެވި މެންބަރުންގެ ތާޢީދު ލިބިފައިވާގޮތުގެމަތީން ކައުންސިލުން ހުޅުވާލި ފުރުޞަތުގައި ކޯހުގައި ބައިވެރިވެ، ކޯސް ފުރިހަމަކުރި ކޮންމެ ބައިވެރިއަކަށް ބޯޅައެއްގެ ނިޞްބަތުން ކަނޑިތީމު، ގޮއިދޫ، ނޫމަރާ، ފޭދޫ، މަރޮށި، މާއުނގޫދޫ ހިމެނޭގޮތަށް ކޮންމެ ރަށެއްގެ ބައިވެރިންނަށް 1 ބޯޅަ، އަދި ފޯކައިދޫ، ނަރުދޫ ކޮންމެ ރަށެއްގެ ބައިވެރިންނަށް 2 ބޯޅަ، އަދި މިލަންދޫ އާއި، ފުނަދޫގެ ބައިވެރިންނަށް ކޮންމެ ރަށަކަށް 3 ބޯޅަ ހަދިޔާކުރުމަށް ފެނެއެވެ.
މިގޮތަށް ނިންމާފައިވަނީ 2019 ޑިސެންބަރު 31 ދުވަހުގެ ހެނދުނު 10:00ގައި ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 313ވަނަ ޢާއްމު ޖަލްސާ އިންނެވެ.
31 ޑިސެންބަރު 2019