ކައުންސިލްގެ ނިންމުން
ނަންބަރު: 2019/48
- ހުށަހެޅުން: ށ. އަތޮޅުކައުންސިލް އިދާރާގެ ނަންބަރ (IUL)227-HR/227/2019/17 (13 އޮކްޓޫބަރ 2019) އިޢުލާނާ ގުޅިގެން ނެގުމަށް ހަމަޖެހިފައިވާ މަސައްކަތު މަޤާމަށް މީހަކު ނެގުމާގުޅޭގޮތުން އިދާރީ ޔުނިޓުން ހުށަހަޅާފައިވާ ހުށަހެޅުމާމެދު މަޝްވަރާކޮށް ގޮތެއް ނިންމުން.
- ހުށަހެޅުން ފޮނުވި ފަރާތް: ހިއުމަންރިސޯސް/ށ.އަތޮޅުކައުންސިލްގެ އިދާރާ
- ނިމުނުގޮތް:
– ހުށަހެޅި: ނާއިބުރައީސް ޢަބްދުﷲ ނާހިދު – ތާޢީދުކުރެއްވި: ކައުންސިލަރ ސަޢުދުﷲ ޢުޘްމާން
އިދާރާގެ ހިއުމަން ރިސޯސް ޔުނިޓުން (08 ޑިސެމްބަރ 2019) ގައި ކައުންސިލްގެ 130 ވަނަ އާންމުޖަލްސާގެ އެޖެންޑާއަށް ފޮނުވުނު މައްސަލާގެ ތަފްޞީލު ރިޕޯރޓްގެ 1 ވަނަ ނަންބަރަށް ރިއާޔަތްކޮށް ދިވެހިރާއްޖޭގެ އިދާރީދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 130 ވަނަ މާއްދާއިން ލިބިފައިވާ އިޚްތިޔާރުގެ ދަށުން މަސައްކަތު މީހާގެ މަޤާމަށް މިއަހަރު މީހަކު ނުނަގާ މަޑުޖައްސާލުމަށް ފެނެއެވެ.
މިގޮތަށް ނިންމާފައިވަނީ 2019 ޑިސެންބަރު 12 ދުވަހުގެ ހެނދުނު 10:00ގައި ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 013ވަނަ ޢާއްމު ޖަލްސާ އިންނެވެ.
12 ޑިސެންބަރު 2019