ވިޔަވަތި ޤުރުއާން މުބާރާތުގެ ޤަވާޢިދު 2020 ފާސްކުރުން- 2019/47


ކައުންސިލްގެ ނިންމުން

ނަންބަރު: 2019/47

  • ހުށަހެޅުން: ވިޔަވަތި ޤުރުއާން މުބާރާތް 2020 ޤަވާޢިދު ފާސްކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
  • ހުށަހެޅުން ފޮނުވި ފަރާތް: ޖެނެރަލް އެޑްމިނިސްޓްރޭޝަން /ށ.އަތޮޅުކައުންސިލްގެ އިދާރާ
  • ނިމުނުގޮތް:

– ހުށަހެޅި: ނާއިބުރައީސް ޢަބްދުﷲ ނާހިދު           – ތާޢީދުކުރެއްވި: ކައުންސިލަރ ސަޢުދުﷲ ޢުޘްމާން

އިދާރީ ޔުނިޓުން ހުށަހަޅާފައިވާ “ވިޔަވަތި ޤުރުއާން މުބާރާތް 2020 ޤަވާޢިދު” އަށް ރަށްރަށުން ލިބިފައިވާ ޚިޔާލްތަކަށް ރިއާޔަތްކޮށް ޤަވާޢިދަށް ކައުންސިލްގެ ޖަލްސާގައި ގެނެވުނު އިޞްލާޙުތަކާއެކު ފާސްކުރުމަށް ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2019 ޑިސެންބަރު 12 ދުވަހުގެ ހެނދުނު 10:00ގައި   ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 130ވަނަ ޢާއްމު ޖަލްސާ އިންނެވެ.

12 ޑިސެންބަރު 2019