މަސައްކަތު ރަސްމީގަޑީގައި އޮފީހުން ބޭރަށް ދިއުމުގައި ޢަމަލުކުރަންވީ އުޞޫލު -2019/46


ކައުންސިލްގެ ނިންމުން

ނަންބަރު: 2019/46

  • ހުށަހެޅުން: މުވައްޒަފުން ރަސްމީގަޑީގައި އޮފީހުން ބޭރަށް ދިއުމުގައި ޢަމަލުކުރަންވީ އުޞޫލާމެދު މަޝްވަރާކުރުން
  • ހުށަހެޅުން ފޮނުވި ފަރާތް: ހިއުމަން ރިސޯސް /ށ.އަތޮޅުކައުންސިލްގެ އިދާރާ
  • ނިމުނުގޮތް:

– ހުށަހެޅި: ނާއިބުރައީސް ޢަބްދުﷲ ނާހިދު      – ތާޢީދުކުރެއްވި: ކައުންސިލަރ ސަޢުދުﷲ ޢުޘްމާން

އިދާރީ ޔުނިޓުން ހުށަހަޅާފައިވާ ށ.އަތޮޅުކައުންސިލްގެ މުވައްޒަފުން “މަސައްކަތު ރަސްމީ ގަޑީގައި އޮފީހުން ބޭރަށް ދިއުމުގައި ޢަމަލުކުރަންވީ އުޞޫލު” އަށް ކައުންސިލްގެ ޖަލްސާގައި ގެނެވުނު އިޞްލާޙުތަކާއެކު ފާސްކުރުމަށް ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2019 ޑިސެންބަރު 03 ދުވަހުގެ ހެނދުނު 10:00ގައި   ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 128ވަނަ ޢާއްމު ޖަލްސާ އިންނެވެ.

03 ޑިސެންބަރު 2019