ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމު ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވައިފި


ށ.އަތޮޅު ކައުންސިލް އިދާރާ އާއި، ށ.އަތޮޅު ރަށްރަށުގެ ރަށުކައުންސިލްތަކުގެ ޒިންމާދާރު އިސްވެރިންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދެވުނު ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމު ނިންމައި، ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވައިފިއެވެ.

މި ޕްރޮގްރާމު ނިންމުމުގެ ގޮތުން ފުނަދޫގައި ހުންނަ ވިލާކޮލެޖް ލޭކް ސައިޑް ކެމްޕަހުގައި ބޭއްވުނު ރަސްމިއްޔާތުގައި ބައިވެރިންނަށް ސެޓްފިކެޓްތައް ޙަވާލުކޮށްދެއްވީ ށ.އަތޮޅުކައުންސިލްގެ ރައީސް މުޙައްމަދު ޢާރިފެވެ.

ސިވިލް ސަރވިސް ކޮމިޝަނާ ގުޅިގެން ށ.އަތޮޅު ކައުންސިލުން އިންތިޒާމުކޮށް ކުރިޔަށްގެންދިޔަ މި ޕްރޮގްރާމުގައި ށ.އަތޮޅު ކައުންސިލް އިދާރާގެ 18 މުވައްޒަފުންނާއި، ކަނޑިތީމު، ނޫމަރާ، ގޮއިދޫ، ފޭދޫ، ފީވައް، ބިލެތްފަހި، ފޯކައިދޫ، މަރޮށި، ޅައިމަގު ކޮމަންޑޫ، ފުނަދޫ ކައުންސިލް އިދާރާގެ ޒިންމާދާރު އިސްވެރިންނާއި، އިދާރީ މުވައްޒަފުން ހިމެނޭގޮތަށް 11 މުވައްޒަފުންނާއި،  ބީ.އެމް.އެލްގެ 2 މުވައްޒަފުންނާއެކު ޖުމުލަ 31 މުވައްޒަފުން ބައިވެރިވެ ސެޓްފިކެޓް ޙާޞިލުކޮށްފައިވެއެވެ.

މި ދިޔަ ނޮވެންބަރު މަހުގެ 28 އިން 30 އަށް ކުރިޔަށް ގެންދެވުނު މި ޕްރޮގްރާމު ފެސިލިޓޭޓް ކޮށްދެއްވީ ލެކްޗަރަރ، ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފް ޕީޕަލް ޑިވެލޮޕްމަންޓް މުޙައްމަދު އަސްރަފެވެ.