މުވައްޒަފުންގެ އަހަރީ އިނާމު ދިނުމުގެ ސިޔާސަތު 2018 އަށް ހުށަހެޅިފައިވާ އިޞްލާޙްތައް ފާސްކުރުން – 2019/42


ނަންބަރު: 2019/42

ކައުންސިލްގެ ނިންމުން

  • ހުށަހެޅުން: ށ.އަތޮޅުކައުންސިލްގެ މުވައްޒަފުންނަށް އަހަރީ އިނާމު ދިނުމުގެ ސިޔާސަތު 2018 އަށް ހުށަހެޅިފައިވާ އިޞްލާޙްތަކާއި، ބާއްވާނެ ތާރީޚް ކަނޑައެޅުމާ ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
  • ހުށަހެޅުން ފޮނުވި ފަރާތް: ހިއުމަން ރިސޯސް /ށ.އަތޮޅުކައުންސިލްގެ އިދާރާ
  • ނިމުނުގޮތް:

– ހުށަހެޅި: ނާއިބުރައީސް ޢަބްދުﷲ ނާހިދު    – ތާޢީދުކުރެއްވި: ކައުންސިލަރ ސައުދުﷲ ޢުޘްމާން

ށ.އަތޮޅުކައުންސިލްގެ މުވައްޒަފުންނަށް އިނާމު ދިނުމުގެ ސިޔާސަތު 2018ގެ މާއްދާ 3 ގެ (3.2) އަށް ހުށަހަޅާފައިވާ އިޞްލާޙް އިދާރީ ޔުނިޓުން ހުށަހަޅާފައިވާ ގޮތަށް ފާސްކުރުމަށާއި، ތާރީޚެއް ކަނޑައެޅުން  އެސް.އެމް.ޓީގައި މަޝްވަރާކޮށް ނިންމުމަށް ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2019 އޮކްޓޫބަރު 24ވަނަ ދުވަހުގެ ހެނދުނު 10:00ގައި   ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 124ވަނަ ޢާއްމު ޖަލްސާ އިންނެވެ.

24 އޮކްޓޫބަރު 2019