ކައުންސިލްގެ ނިންމުން
ނަންބަރު: 2019/38
- ހުށަހެޅުން: ވިޔަވަތި އިނާމު ކުރިޔަށްގެންދިއުމާމެދު ގޮތެއް ނިންމުން.
- ހުށަހެޅުން ފޮނުވި ފަރާތް: ޖެނެރަލް އެޑްމިނިސްޓްރޭޝަން /ށ.އަތޮޅުކައުންސިލްގެ އިދާރާ
- ނިމުނުގޮތް:
– ހުށަހެޅި: ނާއިބުރައީސް ޢަބްދުﷲ ނާހިދު – ތާޢީދުކުރެއްވި: ކައުންސިލަރ އަޙްމަދު ފާއިޒު
ވިޔަވަތި އިނާމު 2019 އަށް ހުށަހެޅި އެޕްލިކޭޝަންތައް މަދުވުމާއި، އެކަމަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، މި އަހަރު ވިޔަވަތި އިނާމު ދިނުމުގެ ރަސްމިއްޔާތު ނުބާއްވާގޮތަށް ނިންމުމަށް ފެނެއެވެ.
މިގޮތަށް ނިންމާފައިވަނީ 2019 އޮކްޓޫބަރު 3ވަނަ ދުވަހުގެ ހެނދުނު 10:00ގައި ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 121ވަނަ ޢާއްމު ޖަލްސާ އިންނެވެ.
03 އޮކްޓޫބަރު 2019