ވިޔަވަތި ޓްރަސްޓްފަންޑުގެ މުވައްޒަފުންގެ ވަޒީފާ ދާއިމީކުރުން-2019/37


ކައުންސިލްގެ ނިންމުން

ނަންބަރު: 2019/37

  • ހުށަހެޅުން:    ވިޔަވަތި ޓްރަސްޓްފަންޑުގެ މުއައްޒިފުންގެ ވަޒީފާ ދާއިމީކުރުމާ ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
  • ހުށަހެޅުން ފޮނުވި ފަރާތް: އިންފްރާންސްޓްރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް/ށ.އަތޮޅުކައުންސިލްގެ އިދާރާ
  • ނިމުނުގޮތް:

– ހުށަހެޅި: ނާއިބުރައީސް ޢަބްދުﷲ ނާހިދު          – ތާޢީދުކުރެއްވި: ކައުންސިލަރ އަޙްމަދު ފާއިޒު

ޓްރަސްޓްފަންޑު މުވައްޒަފުންގެ ވަޒީފާގެ އޮނިގަނޑު އިތުރަށް ދިރާސާކޮށް، ގެންނަންޖެހޭ ބަދަލުތައް ގެނެސް، އައު އަހަރު (2020ވަނަ އަހަރު) ދާއިމީ ކުރާގޮތަށް ނިންމައި، މި އަހަރުގެ ބާކީއޮތް މަސްތަކުގައި ކުރީގައި ވެސް ޢަމަލުކުރަމުން އައިގޮތަށް ޢަމަލުކުރަމުން ގެންދިއުމަށް ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2019 އޮކްޓޫބަރު 3ވަނަ ދުވަހުގެ ހެނދުނު 10:00ގައި  ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 121ވަނަ ޢާއްމު ޖަލްސާ އިންނެވެ.

03 އޮކްޓޫބަރު 2019