ރަށްރަށުގެ ރަށްވެހި ތަރައްޤީގެ ޕްރޮގްރާމުތަކަށް މާލީއެހީ ކަނޑައެޅުން- 2019/36


ކައުންސިލްގެ ނިންމުން

ނަންބަރ: 2019/36

  • ހުށަހެޅުން:    ރަށްރަށުން ހުށަހަޅާފައިވާ އިޖްތިމާޢީ ތަރައްޤީގެ މަޝްރޫޢުތަކަށް ފައިސާ ކަނޑައެޅުމާ ބޭހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
  • ހުށަހެޅުން ފޮނުވި ފަރާތް: ޕްލޭނިންގ އެންޑް މޮނިޓަރިންގ/ށ.އަތޮޅުކައުންސިލްގެ އިދާރާ
  • ނިމުނުގޮތް:

– ހުށަހެޅި: ނާއިބުރައީސް ޢަބްދުﷲ ނާހިދު          – ތާޢީދުކުރެއްވި: ކައުންސިލަރ ސަޢުދުﷲ ޢުޘްމާން

އިޖްތިމާޢީ ތަރައްޤީގެ މަޝްރޫޢުތަކަށް ރަށްރަށުން ޕްރޮޕޯސަލް ހުށަހެޅުމަށް ދެވިފައިވާ އެންމެ ފަހުގެ ތާރީޚަށް(10/9/2019ގެ ނިޔަލަށް) ޕްރޮޕޯސަލް ހުށަހަޅާފައިވާ ރަށްރަށަށް އެ ރަށްރަށަށް ކަނޑައެޅިފައިވާ ޢަދަދުތަކަށް ފައިސާ ދޫކުރުމަށާއި، މިގޮތަށް ފައިސާ ދޫކުރުމުގައި “ވިޔަވަތި އެހީ ދިނުމުގެ އުޞޫލު”ގެ ދަށުން އުނިކުރަންޖެހޭ ފައިސާ އުނިކޮށް ދޫކުރުމަށް ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2019 ސެޕްޓެންބަރު 19ވަނަ ދުވަހުގެ ހެނދުނު 10:00ގައި  ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 119ވަނަ ޢާއްމު ޖަލްސާ އިންނެވެ.

19 ސެޕްޓެންބަރު 2019