އަހަރުގެ ކުރިއަށްއޮތްތަނުގައި އަލަށް ހިންގާނެ ޕްރޮގްރާމުތަކާއި، ޕްރޮގްރާމުތަކަށް ބަޖެޓް ކަނޑައެޅުން 2019/35


ކައުންސިލްގެ ނިންމުން

ނަންބަރު: 2019/35

  • ހުށަހެޅުން:    އަހަރުގެ ކުރިޔަށްއޮތް މަސްތަކުގައި އަލަށް ހިންގުމަށް ކަނޑައެޅޭ ޕްރޮގްރާމުތަކަށް ޚަރަދުވާ ފައިސާ ނެގިދާނެ އައިޓަމްތަކާއި، ފައިސާގެ ޢަދަދު ކަނޑައެޅުމާ ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
  • ހުށަހެޅުން ފޮނުވި ފަރާތް: ޕްލޭނިންގ އެންޑް މޮނިޓަރިންގ/ށ.އަތޮޅުކައުންސިލްގެ އިދާރާ
  • ނިމުނުގޮތް:

– ހުށަހެޅި: ނާއިބުރައީސް ޢަބްދުﷲ ނާހިދު          – ތާޢީދުކުރެއްވި: ކައުންސިލަރ ސަޢުދުﷲ ޢުޘްމާން

އިދާރީ ޔުނިޓުން ހުށަހަޅުއްވާފައިވާ ކަރުދާހުގައިވާ ގޮތުގެމަތީން އަހަރުގެ ކުރިޔަށްއޮތް މަސްތަކުގައި އަލަށް ހިންގުމަށް ހިމަނާފައިވާ ޕްރޮގްރާމުތަކަށް، އެއް އައިޓަމުން އަނެއް އައިޓަމަށް ފައިސާ ބަދަލުކޮށް އެގޮތަށް އެލޮކޭޓްކުރެއްވުމަށް ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2019 ސެޕްޓެންބަރު 19ވަނަ ދުވަހުގެ ހެނދުނު 10:00ގައި  ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 119ވަނަ ޢާއްމު ޖަލްސާ އިންނެވެ.

19 ސެޕްޓެންބަރު 2019