ކައުންސިލްގެ ލޯގޯ އާއި، ސިއްކަ ކަނޑައެޅުމުގެ ޤަރާރު ފާސްކުރުން 2019/34


ކައުންސިލްގެ ނިންމުން

ނަންބަރު: 2019/34

  • ހުށަހެޅުން:    ށ.އަތޮޅުކައުންސިލްގެ ވަކިލޯގޯއެއް ބޭނުންކުރުމާބެހޭ ޤަރާރު ފާސްކުރުން
  • ހުށަހެޅުން ފޮނުވި ފަރާތް: އިންފްރާންސްޓްރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް/ށ.އަތޮޅުކައުންސިލްގެ އިދާރާ
  • ނިމުނުގޮތް:

– ހުށަހެޅި: ނާއިބުރައީސް ޢަބްދުﷲ ނާހިދު          – ތާޢީދުކުރެއްވި: ކައުންސިލަރ ސަޢުދުﷲ ޢުޘްމާން

އިދާރީ ޔުނިޓުން ހުށަހަޅުއްވާފައިވާ “ށ.އަތޮޅުކައުންސިލްގެ ލޯގޯ އާއި، ސިއްކަ ކަނޑައެޅުމުގެ ޤަރާރު” ފާސްކޮށް، ޤަރާރާއެކު ހުށަހެޅުއްވި ފަރުމާތަކުގެ ތެރެއިން ޖަލްސާގައި ކަނޑައެޅުނު ލޯގޯ އާއި، ސިއްކައިގެ ފަރުމާ މި ޤަރާރުގެ ޖަދުވަލު 1 ގައި ހިމެނުމަށް ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2019 ސެޕްޓެންބަރު 10ވަނަ ދުވަހުގެ ހެނދުނު 10:00ގައި  ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 117ވަނަ ޢާއްމު ޖަލްސާ އިންނެވެ.

10 ސެޕްޓެންބަރު 2019