އަރިއުތުރު ކައުންސިލްގެ ޓީމު ށ. އަތޮޅުކައުންސިލާ ބައްދަލުކުރައްވައިފި


އަރިއަތޮޅު އުތުރުބުރީ  އަތޮޅުކައުންސިލްގެ ޓީމު އިއްޔެ ށ.އަތޮޅު ކައުންސިލަށް ޒިޔާރަތްކޮށް އަތޮޅު ކައުންސިލަރުންނާއި، އިދާރީ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

ތަޖުރިބާ ދަތުރެއްގައި ކުރި މި ޒިޔާރަތުގައި އަތޮޅު ކައުންސިލާ ބައްދަލުކޮށް ކައުންސިލުން ހިންގާ ޕްރޮގްރާމުތައް ކުރިޔަށްގެންދާ ގޮތާއި، ކައުންސިލުން ހިންގާ ވިޔަފާރިތަކުގެ މަޢުލޫމާތާއި، އިދާރީ ކަންކަން އިންތިޒާމުކުރެވިފައިވާ ގޮތުގެ މަޢުލޫމާތު ސާފުކުރެއްވިއެވެ. އޭގެ އިތުރުން ޓީމުގެ މެންބަރުން ކައުންސިލް އިދާރާގެ އެ މުވައްޒަފެއްގެ މަސައްކަތާ ގުޅޭ އިދާރީ ޔުނިޓަށް ޒިޔާރަތްކޮށް މަސްކަތްތައް ކުރިޔަށްދާގޮތް  ގާތުން ބައްލަވައިލެއްވިއެވެ.

އއ. އަތޮޅުކައުންސިލްގެ 4 މެންބަރުންނާއި، އިދާރީ 15 މުވައްޒަފުންނާއި، އއ. ރަސްދޫ ކައުންސިލް އިދާރާގެ ޒިންމާދާރުވެރިޔާ އާއެކު ޖުމުލަ 20 މެންބަރުން ހިމެނޭ މި ޓީމު އިއްޔެ ފުނަދޫ ކައުންސިލާ ބައްދަލުކޮށް، އެ އިދާރާއިން ކުރާ މަސައްކަތްތައް ބައްލަވާލައްވާފައިވާއިރު މިއަދުގެ މެންދުރުގެ ވަގުތެއްގައި ފޯކައިދުއަށް ޒިޔާރަތްކޮށް ފޯކައިދޫ ކައުންސިލްގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ.