ކައުންސިލްގެ ނިންމުން
ނަންބަރ: 2019/33
- ހުށަހެޅުން: ސީ.އައި.ޓީ.އެމްގެ ފަރާތުން ފުނަދޫގައި ހިންގުމަށް ހަމަޖެހިފައިވާ ކޯސްތައް ހިންގުމަށް އަތޮޅުވެހި 2، ކުއްޔަށް ދޫކުރުމަށް މިހާރު ކަނޑައަޅާފައިވާ ފީ ބޮޑުކަމަށް ބުނެފައިވާތީ، އެކަމާ ބެހޭގޮތުން އަލުން މަޝްވަރާކޮށް ގޮތެއް ނިންމުން.
- ހުށަހެޅުން ފޮނުވި ފަރާތް: އިންފްރާންސްޓްރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް/ށ.އަތޮޅުކައުންސިލްގެ އިދާރާ
- ނިމުނުގޮތް:
– ހުށަހެޅި: ނާއިބުރައީސް ޢަބްދުﷲ ނާހިދު – ތާޢީދުކުރެއްވި: ކައުންސިލަރ އަޙްމަދު ފާއިޒު
ސީ.އައި.ޓީ. އެމްގެ ފަރާތުން ފުނަދޫގައި ހިންގުމަށް ހަމަޖެހިފައިވާ ކޯސްތައް ހިންގުމަށް އަތޮޅުވެހި 2، އެއް (1) އަހަރުދުވަހުގެ މުއްދަތަށް މަހަކު 6,000.00 ރުފިޔާގެ ރޭޓުން، އަހަރުން އަހަރަށް އަގަށް ބަދަލުގެނެސް ކުއްޔަށް ދޫކުރުމަށާއި، ކުއްޔަށް ދޫކުރާއިރު ކުރިން ކުއްޔަށް ހިފައިގެން އުޅުނު ފަރާތަށް އިސްކަންދިނުމަށް ފެނެއެވެ.
މިގޮތަށް ނިންމާފައިވަނީ 2019 ސެޕްޓެންބަރު 03ވަނަ ދުވަހުގެ ހެނދުނު 10:00ގައި ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 116ވަނަ ޢާއްމު ޖަލްސާ އިންނެވެ.
03 ސެޕްޓެންބަރު 2019