ރަށްރަށުގެ ރަށްވެހި ތަަރައްޤީގެ ޕްރޮގްރާމުތަކަށް މާލީއެހީ ދޫކުރުމަށް ފާސްކުރުން – 2019/32


ކައުންސިލްގެ ނިންމުން

  • ހުށަހެޅުން:    ރަށްރަށަށް އަމާޒުކޮށްގެން ހިންގޭ ރަށްވެހިރަށްވެހި ތަރައްޤީގެ ޕްރޮގްރާމުތަކަށް މާލީއެހީ ދޫކުރުމާ ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
  • ހުށަހެޅުން ފޮނުވި ފަރާތް: ޕޮލިސީ ޕްލޭނިންގ ރިސަރޗް އެންޑް މޮނިޓަރިންގ/ށ.އަތޮޅުކައުންސިލްގެ އިދާރާ
  • ނިމުނުގޮތް:

– ހުށަހެޅި: ނާއިބުރައީސް ޢަބްދުﷲ ނާހިދު          – ތާޢީދުކުރެއްވި: ކައުންސިލަރ އަޙްމަދު ފާއިޒު

ށ.އަތޮޅުކައުންސިލްގެ 2019ވަނަ އަހަރުގެ ބަޖެޓުގައި “ރަށްރަށަށް އަމާޒުކޮށްގެން ހިންގޭ ރަށްވެހި ތަރައްޤީގެ ޕްރޮގްރާމުތަކަށް” ކަނޑައަޅާފައިވާ 280,000.00 (ދެލައްކަ އަށްޑިހަހާސް) ރުފިޔާ ޢާއްމުކޮށް ރަށުކައުންސިލްތަކަށް މާލީއެހީތެރިކަން ދިނުމަށް އަތޮޅުކައުންސިލުން ގެންގުޅޭ ހަމަތަކާއި، އުޞޫލުތަކަށް ރިޢާޔަތްކޮށް އެރަށަކަށް ޖެހޭވަރު އެރަށެއްގެ ރަށުކައުންސިލުން ކަނޑައަޅާ ޕްރޮގްރާމެއް ހިންގުމަށް އެ ކައުންސިލްތަކަށް ދޫކުރުމަށާއި، މި ފައިސާ ދޫކުރާއިރު “ވިޔަވަތި އެހީ ދިނުމުގެ ސިޔާސަތު” ގައިވާ ގޮތުގެމަތީން، އެއްވެސް ރަށުކައުންސިލަކުން ދައްކަންޖެހޭ ފައިސާއެއް ނުދައްކާ އޮތްނަމަ އެ ފައިސާއެއް އުނިކުރުމަށްފަހު ފައިސާ ދޫކުރުމަށް ފެނެއެވެ.

            މިގޮތަށް ނިންމާފައިވަނީ 2019 އޯގަސްޓް 27ވަނަ ދުވަހުގެ ހެނދުނު 10:00ގައި  ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 115ވަނަ ޢާއްމު ޖަލްސާ އިންނެވެ.

             27 އޮގަސްޓް 2019