ކައުންސިލްގެ ނިންމުން
ނަންބަރ: 2019/31
- ހުށަހެޅުން: ށ.އަތޮޅުކައުންސިލްގެ ލޯގޯ ފަރުމާކުރުމަށް ޙަވާލުކުރެވިފައިވާ ފަރާތުން ހުށަހަޅާފައިވާ ފަރުމާތަކާ ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
- ހުށަހެޅުން ފޮނުވި ފަރާތް: އިންފްރާންސްޓްރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް/ ށ.އަތޮޅުކައުންސިލްގެ އިދާރާ
- ނިމުނުގޮތް:
– ހުށަހެޅި: ކައުންސިލަރ އަޙްމަދު ފާއިޒު – ތާޢީދުކުރެއްވި: ނާއިބުރައީސް ޢަބްދުﷲ ނާހިދު
ށ.އަތޮޅުކައުންސިލްގެ ލޯގޯ ފަރުމާކުރުމަށް ޙަވާލުކުރެވިފައިވާ ފަރާތުން ހުށަހަޅުއްވާފައިވާ ލޯގޯ ޑިޒައިން ފާސްކޮށް، ރަސްމީ ލިއުންތަކުގައި ލޯގޯއާއެކު ދައުލަތުގެ ނިޝާން ބޭނުންކުރުމަށާއި، އެހެނިހެން ބޭނުންތަކުގައި ދައުލަތުގެ ނިޝާން ނެތިވެސް ލޯގޯ ބޭނުންކުރެވޭ ގޮތަށް ފާސްކުރުމަށް ފެނެއެވެ.
މިގޮތަށް ނިންމާފައިވަނީ 2019 އޯގަސްޓް 27ވަނަ ދުވަހުގެ ހެނދުނު 10:00ގައި ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 115ވަނަ ޢާއްމު ޖަލްސާ އިންނެވެ.
27 އޮގަސްޓް 2019