ކައުންސިލްގެ ނިންމުން
ނަންބަރ: 2019/30
- ހުށަހެޅުން: މޯލްޑިވްސް އިސްލާމިކް ބެންކުން އާއްމުކޮށް ހިއްސާގަތުމަށް ހުޅުވާލާފައިވުމާ އެކު އެ ބެންކުގެ ހިއްސާދާރަކަށް ވުމަށް މަޝްވަރާކޮށް ގޮތެއް ނިންމުން
- ހުށަހެޅުން ފޮނުވި ފަރާތް: ބަޖެޓް އެންޑް ފައިނޭންސް/ށ.އަތޮޅުކައުންސިލްގެ އިދާރާ
- ނިމުނުގޮތް:
– ހުށަހެޅި: ނާއިބުރައީސް ޢަބްދުﷲ ނާހިދު – ތާޢީދުކުރެއްވި: ކައުންސިލަރ އަޙްމަދު ފާއިޒު
މޯލްޑިވްސް އިސްލާމިކް ބެންކުން ޢާއްމުކޮށް ހިއްސާގަތުމަށް ހުޅުވާލާފައިވުމާއެކު އެ ބެންކުންގެ ހިއްސާދާރަކަށްވުމަށް ފާސްކޮށް، ކައުންސިލުގެ ރިޒާވުން 2,000,200.00 ރ. (ދެ މިލިއަން ދުއިސައްތަ ރުފިޔާ) އާއި، ޓްރަސްޓް ފަންޑުގެ މަދަދު ލޯނު ޕްރޮމްގެ ތެރެއިން 1,000,000.00ރ. (އެއްމިލިއަން ރުފިޔާ) އާއެކު ޖުމްލަ 3,000,200.00ރ. (ތިން މިލިއަން ދުއިސައްތަ ރުފިޔާ) އަށްވާ، ހިއްސާއެއްގެ މޫނުމަތީއަގު 35.00ރ. (ތިރީސްފަސްރުފިޔާ)ގެ މަގުން 85,720 ހިއްސާ ގަތުމަށާއި، އެކަމަށް ބޭނުންވާ ކައުންސިލްގެ ޤަރާރުގައި ސޮއިކުރުމަށާއި، ހިއްސާއަށް ދޫކުރާ ޑިވިޑެންޑް ޖަމާކުރަންވާނީ ކައުންސިލްގެ “1309ރެވެނިއު 1” އެކައުންޓް ކަމުގައި ކަނޑައެޅުމަށް ފެނެއެވެ.
މިގޮތަށް ނިންމާފައިވަނީ 2019 އޯގަސްޓް 20ވަނަ ދުވަހުގެ ހެނދުނު 11:00ގައި ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 114ވަނަ ޢާއްމު ޖަލްސާ އިންނެވެ.
20 އޮގަސްޓް 2019