ކައުންސިލްގެ ނިންމުން
ނަންބަރ: 2019/24
- ހުށަހެޅުން: މާމުލިލާންޗު ނ. މާފަރަށް ކުރި ދަތުރުގައި މާފަރު ބޯޓުގައި ވައު އެއްސުމުން އެ ބޯޓަށް ލިބުނު ގެންލުންތަކަށް ފައިސާ ދެއްކުމާ ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
- ހުށަހެޅުން ފޮނުވި ފަރާތް: އިންފްރާންސްޓްރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް/ށ.އަތޮޅުކައުންސިލްގެ އިދާރާ
- ނިމުނުގޮތް:
– ހުށަހެޅި: ނާއިބުރައީސް ޢަބްދުﷲ ނާހިދު – ތާޢީދުކުރެއްވި: ކައުންސިލަރ ސަޢުދުﷲ ޢުޘްމާން
މާމުލި ލާންޗުގެ ވައު މާފަރުބޯޓުގައި ވައު އެއްސުމުން އެ ބޯޓަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން އެފަރާތުން ހުށަހަޅުއްވާފައިވާ 3,660/- (ތިންހާސް ހަސަތޭކަ ފަސްދޮޅަސްރުފިޔާ) އެ ފަރާތަށް ދައްކައި ނިންމުމަށް ފެނެއެވެ.
މިގޮތަށް ނިންމާފައިވަނީ 2019 ޖޫން 25 ވަނަ ދުވަހުގެ ހެނދުނު 10:00ގައި ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 107ވަނަ ޢާއްމު ޖަލްސާއިންނެވެ.
25 ޖޫން 2019