ކައުންސިލްގެ ނިންމުން
ނަންބަރު: 2019/22
- ހުށަހެޅުން: ށ.އަތޮޅު ކައުންސިލުގެ ނަންބަރު (IUL)227-GA/2018/27,41އިޢުލާނުން ކުރިޔަށް ގެންދެވިފައިވާ ދެ ނީލަމުން ތަކެތި ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކުން ފައިސާނުދައްކައި ގިނަ ދުވަސްތަކެއް ފާއިތުވެފައިވާތީ، އެފައިސާ ހޯދުމުގައި ޢަމަލުކުރާނެ ގޮތަކާ ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
- ހުށަހެޅުން ފޮނުވި ފަރާތް: ޖެނެރަލް އެޑްމިނިސްޓްރޭޝަން/ށ.އަތޮޅުކައުންސިލްގެ އިދާރާ
- ނިމުނުގޮތް:
– ހުށަހެޅި: ނާއިބުރައީސް ޢަބްދުﷲ ނާހިދު – ތާޢީދުކުރެއްވި: ކައުންސިލަރ ސަޢުދުﷲ ޢުޘްމާން
މިހާތަނަށް ފައިސާ ނުދައްކާމީހުން ކައުންސިލްގެ އިދާރާއަށް ޙާޟިރުކޮށް މަޝްވަރާކުރުމަށްފަހު ދެ ފަރާތުން އެއްބަސްވެވޭ ތާރީޚެއްގައި ފައިސާދެއްކުމަށް ކަނޑައަޅައި، ދެފަރާތުން އެއްބަސްވެ ސޮއިކުރުމަށާއި، އެ ލިއުމުގައި، އެއްބަސްވެފައިވާ ތާރީޚަށް ފައިސާ ނުދައްކައިފިނަމަ މައްސަލަ ޝަރީޢަތަށް ފޮނުވާނެކަމަށް ބަޔާންކޮށްފައި ބޭއްވުމަށް ފެނެއެވެ.
މިގޮތަށް ނިންމާފައިވަނީ 2019 ޖޫން 25 ވަނަ ދުވަހުގެ ހެނދުނު 10:00ގައި ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 107ވަނަ ޢާއްމު ޖަލްސާއިންނެވެ.
25 ޖޫން 2019