ށ.އަތޮޅުކައުންސިލްގެ ތިންވަނަ ދައުރުގެ 106ވަނަ ޢާއްމު ޖަލްސާގެ ދަޢުވަތު


ތަން:   ޖަލްސާކުރާ މާލަން / މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ

ތާރީޚާއި ގަޑި:    20 ޖޫން 2019  ބުރާސްފަތި،  10:00

އެޖެންޑާ

  1. ސަރުކާރުގެ ފަރާތުން ހުށައަޅާ ކަންކަން
  2. ލޯކަލްގަވަރުމަންޓް އޮތޯރިޓީގެ ފަރާތުން ހުށައަޅާ ކަންކަން 
  1. ކައުންސިލްގެ އިދާރާއިން ހުށައަޅާ ކަންކަން
    • ށ.އަތޮޅު ކައުންސިލުގެ ނަންބަރު (IUL)227-GA/2018/27,41 އިޢުލާނުން ކުރިޔަށް ގެންދެވިފައިވާ ދެ ނީލަމުން ތަކެތި ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކުން ފައިސާނުދައްކައި ގިނަ ދުވަސްތަކެއް ފާއިތުވެފައިވާތީ، އެފައިސާ ހޯދުމުގައި ޢަމަލުކުރާނެ ގޮތަކާ ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
    • “އަންހެނުންގެ ކޮމެޓީތަކަށް މާލީއެހީ ދިނުމުގެ އުޞޫލް” އަށް ހުށަހަޅާފައިވާ އިޞްލާޙްތަކާމެދު މަޝްވަރާކޮށް އުޞޫލު ފާސްކުރުން.
    • ސީ.އައި.ޓީ.އެމްގެ ފަރާތުން ފުނަދޫގައި ހިންގުމަށް ހަމަޖެހިފައިވާ ކޯސްތައް ހިންގުމަށް އަތޮޅުވެހި 2، ކުއްޔަށް ދޫކުރުމާ ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
    • މާމުލިލާންޗު ނ. މާފަރަށް ކުރި ދަތުރުގައި މާފަރު ބޯޓުގައި ވައު އެއްސުމުން އެ ބޯޓަށް ލިބުނު ގެންލުންތަކަށް ފައިސާ ދެއްކުމާ ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
    • ދީނީ ކަންކަން ކުރިއަރުވައި، އިސްލާމްދީނަށް ލޯބިޖެއްސުމަށް ހިންގާނެ ޙަރަކާތްތަކާމެދު މަޝްވަރާކޮށް ގޮތެއް ނިންމުން.
  1. ކައުންސިލަރުން ހުށައަޅުއްވާ ކަންކަން 
  1. އިދާރީ މައްސަލަތައް

5.1 މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ 3ވަނަ ދައުރުގެ 104، 105 ވަނަ ޢާއްމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން

  1. ވޯޓަށް އަހާ ކަންކަމަށް ވޯޓަށް އެހުން

ވޯޓަށް އަހަންޖެހޭ ހިސާބަށް ގެންދެވޭ މައްސަލަތަކަށް ވޯޓަށް އެހުން ކުރިއަށް ގެންދާނީއެވެ.

18  ޖޫން  2019